މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން (ދެވަނަ ފަހަރަށް)

މި ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން!

             

             މި ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 ޖުލައި 7 ވާ އަންގާރަ  ދުވަހުގެ 16:30 ގައި މި ކޯޓުގައި އޮންނާނެއެވެ. އެދުވަހުގެ ނީލަމުގައި ނީލަންކިޔާނީ 2026 ޖުލައި 3 ވާ ހުކުރު ދުވަހު ނީލަމުގައި ނުވިކި ހުރި ބައިތަކެވެ. މި ތަކެތި  ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެންނެވެ.  

             މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2026 ޖުލައި 7 ވާ އަންގާރަ ދުވަހުގެ 14:00 ން 15:00 ށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

             ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 ޖުލައި 7 ވާ އަންގާރަ ދުވަހުގެ 16:30 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

             ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން  3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ  ނަންބަރު 6608011 ފޯނަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަންޢާންމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 ޖުލައި 2026
ހޯދާ