ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޓޯނަމެންޓް 2026"، މިއަހަރު 20 އޮކްޓޯބަރ ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވޭތުވެދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތަކީވެސް މުޅި ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށުކައުންސިލް ތަކަށާއި ކުލަބް ޖަމްއިއްޔާތަކަށެވެ. އަދި މީގެ އިތުރުން ނޫނު އަތޮޅުގެ ރިސޯޓުތަކަށެވެ.
މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 4 ލީގަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ލީގު، ވިމެންސް ލީގް، ރިސޯޓް ލީގު، އަދި ސުޕަރ ލީގެވެ. މިމުބާރާތުގެ ކޮންމެ ލީގެއްގައި ވާދަކުރެވޭނީ ގިނަވެގެން ޖުމްލަ 8 ޓީމަށެވެ. މުބާރާތުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ޤަވާއިދު އާންމު ކުރެވިގެންދާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
