ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމުނަށް އުނދަގޫވާނެހެން މަގުމަތީގައި ބަހައްޓަފާއި ހުންނަ ތަކެތި ނެގުމާއި ގުޅޭ

ޢާންމުނަށް އުނދަގޫވާނެހެން މަގުމަތީގައި ބަހައްޓަފާއި ހުންނަ ތަކެތި ނެގުމާއި ގުޅޭ

 

މަގުތަކުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކާއި މަގުމަތީގައި ޕާކުކޮށްފައި ހުންނަ ހަތަރު ފުރޯޅުލީ ވެހިކަލްތައް މަގުމަތިން ނެގުމަށް ކައުންސިލުން ވަނީ ޖޫން 10 ވަނަ ދުވަހު ޢާންމު އިލްތިމާސެއް ކޮށްފައެވެ. ނަމަވެސް ކައުންސިލުން އަންގާފައިވާ އެނގުމަށް ޢަމަލުނުކުރަމުންދާކަމީ ވަރަށް ހިތާމަވެރިކަމެކެވެ.

އެހެންކަމުން ކުރިއަށް އޮތް 7 ދުވަސްތެރޭ ޢާންމުންނަށް އުނދަގޫވާހެން މަގުތަކުގައި ޙާއްސަކޮށް ޕޭމެންޓް މަތީގައި ބަހައްޓާފައިވާ ޖޯލިފަތިތައް ނެގުމަށް އަންގަމަވެ. އަދި  ޢާންމުންނަށް އުނދަގޫވާހެން ޕާކްކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލްތަށް އެ ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާ ގަރާޖްތަކުގައި ޕާކުކުރުމަށްވެސް އަންގަމެވެ. މިގޮތަށް ޢަމަލު ނުކުރާ ފަރާތްތައް ކައުންސިލް އިދާރާއަށް ޙާޟިރުކޮށް ޖަވާބުދާރީކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޖުލައި 2026
ހޯދާ