ދިވެހިރާއްޖެ
ކީރިތި ޤުރްއާނުގެ ޢިލްމު ކިޔަވައިދިނުމާއި، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން ބިނާކުރުމަށްޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި މި ކައުންސިލް ގުޅިގެން އެ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް މި ރަށުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ސެންޓަރު ގާއިމުކުރުމަށްޓަކައި، އިމާރާތެއް ކުއްޔަށް ހިފުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2026/21 އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 (ދޭއް) ވަނަ އިޢުލާނެވެ.
ވީމާ، ތިރީގައިވާ ކަންކަން ފުރިހަމަވާފަދަ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުން "ޤުރުއާނާއިބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރ ހިންގުމަށް އިމާރާތް ކުއްޔަށްދޭ ފަރާތްތަކުން އަގު ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 13 ޖުލައި 2026 ވަނަ ދުވަހުގެ 11:00 އެވެ. މިކަމަށްއެދި ހުށަހަޅާ ތަންތަނުގެ ތެރެއިން ތަނެއް އިހުތިޔާރުކުރުމުގައި ބެލޭނީ، ތިރީގައިވާ ޝަރުތުތައް ހަމަވުމާ އެކު އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.
- ތަނުގެ އަކަފޫޓް 120 އަކަފޫޓަށްވުރެ ކުޑަނުވުން
- މުށިޖަހާ ފިނިޝިންގެ ކަންކަން ނިމިފައި ހުރުން
- ރަނގަޅު ފެންވަރަކަށް ފާހާނާ ހެދިފައިވުން
- އެއާކޮންޑިޝަން ހަރުކޮށްފައިވުން
- ތަނަކީ ވަކިން އިމާރާތަށް ވަދެ ނުކުމެ ހެދޭ ތަނަކަށްވުން
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ ނަންބަރު 4000311 އަށް ގުޅުއްވުން އެދެމެވެ.
