ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު ޚާލިދު ބިން ވަލީދު މަރާމާތުކުރުމާ ގުޅޭ:

މަސްޖިދު ޚާލިދު ބިން ވަލީދުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)408-ESMS/408/2026/27 އިއުލާނާ ގުޅިގެން ލިބިފައިވާ ބީލަންތަކުގެ އަދަދު މަދުވުމުން އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމުގެ ސުންގަޑި

2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހު 13:30

ބީލަން ހުޅުވުން

2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 13:35 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

02 ޖުލައި 2026
ހޯދާ