ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                            

އިޢުލާނު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-456882

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ފްރަންޓް އޮފީސް ޔުނިޓް

މަސައްކަތު ގަޑި

08:00 އިން 16:00 އަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4595.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/125 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓުގެ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް މުވައްޒަފުންނަށް ސަރކިއުލޭޓް ކުރުމާއި، ކައުންޓަރު ގަޑިއަށް ހުޅުވުމާއި ކަނޑައެޅިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރު ނުވެއްޖެނަމަ ބަދަލު އިންތިޒާމު ހަމަޖައްސާ، އެ ބަދަލު ޑިއުޓީ ތާވަލަށް އަދާހަމަކޮށް ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.
  2. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓު ހުޅުވާފައި ހުންނަ ގަޑިތަކުގައި އޮންކޯލްގައި ހުރުމާއި، ޑިއުޓީގައި ހުންނަ މުވައްޒަފުގެ ކޯލްތަކަށް ޖަވާބުދިނުމާއި، އެމުވައްޒަފަށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދާރީ ނުވެވިއްޖެނަމަ އެކަމުގައި އެހީތެރިވެދިނުން.
  3. މި އެޖެންސީއަށް ހުށަހަޅާފައިވާ ލިޔެކިޔުމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް އީ-އެންސްޕާ މެދުވެރިކޮށް އެ މައުލޫމާތު ސާފުކުރުމަށްފަހު އެފަރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އާއްމު މައުލޫމާތެއް ސާފުކުރަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  4. މި އެޖެންސީއަށް އަންނަ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތައް ބެލުމަށްފަހު އެއްވެސް ލިޔެކިޔުމެއް މަދުވާނަމަ، އެ މަދުވާ ލިޔުންތަކަކީ ކޮބައިކަން އެ ފަރާތްތަކަށް ސާފުކޮށްދިނުމަށްފަހު ހަމަޖެހިފައިވާ އުސޫލުން އެންޓްރީކުރުމާއި އެންޓްރީ ނަންބަރު، އެސް.އެމް.އެސް މެދުވެރިކޮށް ލިބިވަޑައިގަންނަވާނީ ލިޔެކިޔުން ހަމަވުމުންކަން އެ ފަރާތްތަކަށް އެންގުން. ލިޔެކިޔުން ހަމަވާ ފޯމުތައް ކައުންޓަރުން ބަލައިގަތުމަށްފަހު އެ ފޯމަކަށް ނުވަތަ ސިޓީއަކަށް ޖަވާބު ލިބޭނެ ތާރީޚެއް އަންގާ އަދި އެ ފޯމެއް ނުވަތަ ސިޓީއެއް ސިސްޓަމަށް އެންޓަރ ކުރުމުން އެންޓްރީ ނަންބަރު އެސް.އެމް.އެސް އަކުން ލިބިވަޑައިގަންނަވާނެކަން އެންގުން.
  5. އިންފޯ މެއިލް ([email protected]) މެދުވެރިކޮށް ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު، އީ-އެންސްޕާއަށް އެންޓަރކޮށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރޫޓްކުރުން.
  6. ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް މި އެޖެންސީއަށް އަންނަ ލިޔެކިޔުންތަކާއި، އެހީއަށް އެދި ހުށަހަޅާ ފޯމްތަށް ހަމަޖެހިފައިވާ އުސޫލުން އީ-އެންސްޕާއަށް އެންޓްރީކުރުމަށް ފަހު ރޫޓްކުރުން.
  7. ވައިބަރ މެދުވެރިކޮށް އަންނަ ލިޔެކިޔުންތަކާ، އެހީގެ ޕްރޮގްރާމްތަކާއި ގުޅިގެން ހުށަހަޅާ ފޯމުތަކުގެ ހުރިހާ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ހަމަތޯ ޗެކްކުރުމަށްފަހު އީ-އެންސްޕާއަށް އެންޓްރީކުރުމަށް ފަހު ރޫޓްކުރުން.
  8. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓުން ދެމުންގެންދާ ޚިދުމަތާއިމެދު ރައްޔިތުންގެ އިތުބާރު ހޯދައި ، ދެކޭގޮތް ރަގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ކުރުން.
  9. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓާއި ގުޅޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބަލައި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކަންތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓުން ޚިދުމަތް ހޯދާފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން ސައްޙަ މަޢުލޫމާތު ދިނުމާއި އަދި މި އެޖެންސީން ދެމުންގެންދާ ޚިދުމަތަކާއި ގުޅިގެން ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  11. މި އެޖެންސީއަށް ހުށަހަޅާފައިވާ ފޯމެއް ނުވަތަ ލިޔެކިޔުމަކާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާ ހުށަހަޅައިފިނަމަ ކަމާ ގުޅުންހުރި ވައިބަރ ގްރޫޕް ނުވަތަ ޝީޓްގައި ގަވައިދުން އަޕްޑޭޓްކުރުން.
  12. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓުގެ ޚިދުމަތް ހޯދާ ރައްޔިތުންނާއި މުޢާމަލާތް ކުރުމާއި އަދި ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންންނަށް ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކަންތައްތައް ހައްލުކުރުން.
  13. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރުގެ ޑިއުޓީ ރޯސްޓަރއާ އެއްގޮތަށް މަސައްކަތްކުރުން.
  14. ފްރަންޓް އޮފީސް އެންޑް ޑިސްޕެޗް ކައުންޓަރ ޔުނިޓުގެ ރިޕޯޓް އަދި އެދުވަހުގެ އެންޓްރީތައް ޗެކްކުރުމަށްފަހު ފާހަގަކުރެވޭ ކުށްތައް ޔުނިޓްގެ އިސްވެރިޔާއާ ޙިއްސާކުރުމަށްފަހު ދެވޭ އިރުޝާދާއި އެއްގޮތަށް އެކަންތައް އިސްލާޙްކުރުމުގެ މަސައްކަތް މުވައްޒަފުންނާއި ހަވާލުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް 
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  4. ބިޒްނަސް މެނޭޖްމަންޓް 
  5. މެނޭޖްމަންޓް 
  6. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  8. ޕަބްލިކް މެނޭޖްމަންޓް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

30

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 ޖުލައި 12 އާއި 2026 އޮގަސްޓު 11 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ  r[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  

02 ޖުލައި 2026
ހޯދާ