ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ތަން ޒީނަތްތެރި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު 

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ތަން ޒީނަތްތެރި ކޮށްދޭނެ ފަރާތެއް ހޯދުން

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ތަން ޒީނަތްތެރި ކޮށްދީ، ވީޑިއޯ އަދި އޯޑިއޯ ސެޓްއަޕް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މި ދަންނަވާ މަޢުލޫމާތު، 2026 ޖުލައި 7 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު: 

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖުލައި 7 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކުގައި ހިމަނާފައިވާނެއެވެ.

 

02 ޖުލައި 2026
ހޯދާ