|
އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ، ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
17 މުޙައްރަމް 1448
2 ޖުލައި 2026
|
|
ނަންބަރު:
|
(IUL)123-HR/123/2026/94
|
|
މަޤާމް:
|
އެންޓި-ކޮރަޕްޝަން ސުޕްރިންޓެންޑެންޓް
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 10 – ސްޓެޕް 1
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން
|
|
ޑިވިޝަން:
|
އިންވެސްޓިގޭޝަން ޑިވިޝަން
|
|
މުސާރަ:
|
-/20،145 (ވިހި ހާސް އެއް ސަތޭކަ ސާޅީސް ފަސް ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/11،540 (އެގާރަ ހާސް ފަސް ސަތޭކަ ސާޅީސް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/310 ރުފިޔާ
|
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އެހެނިހެން އިނާޔަތްތައް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
|
މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް:
|
އެންޓި-ކޮރަޕްޝަން ސްޓަޑީޒް، ލޯ، ޝަރީޢާ، ޝަރީޢާ އެންޑް ލޯ، ކްރިމިނަލް ލޯ، އެކައުންޓިންގ، ފައިނޭންސް، އޮޑިޓިންގ، އިކޮނޮމިކްސް، ޓެކްސޭޝަން، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓިންގ، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ގަވަރނަންސް، އެތިކްސް އެންޑް ގަވަރނަންސް، ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ޕަބްލިކް ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޝަން، ފައިނޭންޝިއަލް ކްރައިމްސް، އިކޮނޮމިކް ކްރައިމްސް، ކްރިމިނަލް އިންވެސްޓިގޭޝަން، ކޯޕަރޭޓް އިންވެސްޓިގޭޝަން، ކޯޕަރޭޓް ލީޑަރޝިޕް، ކޯޕަރޭޓް އެޑްމިނިސްޓްރޭޝަން، ކޯޕަރޭޓް މެނޭޖްމަންޓް.
ފޮރެންސިކްސް، ފޮރެންސިކް ސައިންސް، ޑިޖިޓަލް ފޮރެންސިކްސް، ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެކައުންޓިންގ.
ކްރިމިނަލޮޖީ އެންޑް ފޮރެންސިކް އިންވެސްޓިގޭޝަން، ކްރިމިނަލޮޖީ އެންޑް ފޮރެންސިކް ސައިކޮލޮޖީ، ކްރިމިނަލޮޖީ އެންޑް ފޮރެންސިކް ސްޓަޑީސް، ސައިބަރ ސެކިއުރިޓީ އެންޑް ޑިޖިޓަލް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އެންޑް ކްރިމިނަލް އިންވެސްޓިގޭޝަން، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެންޑް ކްރިމިނަލް ސައިންސް، ފޮރެންސިކްސް ބިހޭވިއަރަލް ސައިންސަސް.
އެޕްލައިޑް ކްރިމިނަލޮޖީ އެންޑް ފޮރެންސިކް ސައިކޮލޮޖީ، ކޮގްނިޓިވް ފޮރެންސިކް ސައިންސަސް، ކްރިމިނަލް އިންވެސްޓިގޭޝަން އެންޑް ފޮރެންސިކް ސައިންސަސް، ކްރިމިނަލް ސައިންސަސް އެންޑް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް، ސައިބަރ ސެކިއުރިޓީ ޑިޖިޓަލް ފޮރެންސިކްސް އެންޑް ކްރައިމް އެނަލިސިސް، ފޮރެންސިކް ކްރިމިނަލިސްޓިކްސް، ފޮރެންސިކް ޕްރޮފައިލްސް އޮފް ކްރިމިނަލް ޑޭންޖަރަސްނަސް، ފޮރެންސިކް ސައިކޮލޮޖީ، ފޮރެންސިކް ސައިންސް އެންޑް ކްރިމިނަލް ޖަސްޓިސް، ފޮރެންސިކް ސައިންސަސް އެންޑް ކްރިމިނަލިސްޓިކްސް، ފްރޯޑް އެންޑް ފޮރެންސިކްސް.
ކްރިމިނޮލޮޖީ، ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ޖަސްޓިސް، ކްރިމިނޮލޮޖީ އެންޑް ޖަސްޓިސް، ކްރިމިނޮލޮޖީ އެންޑް ސައިބަރ ކްރައިމް، ކްރިމިނޮލޮޖީ އެންޑް ޑޭޓާ އެނަލިޓިކްސް، ކްރިމިނޮލޮޖީ އެންޑް ލޯ، ކްރިމިނޮލޮޖީ އެންޑް ސައިކޮލޮޖީ، ކްރިމިނޮލޮޖީ އެންޑް ސޯޝިއޮލޮޖީ، އިންވެސްޓިގޭޓިވް ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ސައިކޮލޮޖީ.
|
|
މައިގަނޑު މަސައްކަތް:
|
- ކޮމިޝަނުގެ ތަޙުޤީޤުގެ ދާއިރާ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
- ކޮމިޝަނުގެ ތަޙުޤީޤުގެ ދާއިރާގެ ތަސައްވުރާއި އަމާޒަށް ވާސިލުވުމަށް ލަނޑުދަނޑިތައް ކަނޑައަޅައި، ސްޓްރެޓެޖީތަކާއި ވިސްނުންތައް ގެންގުޅޭނެ ގޮތްތައް އެކުލަވާލައި ނަތީޖާ ނެރެވޭނެހެން ތަންފީޒުކުރުމާއި، އެކަންކަން މުރާޖަޢާކުރާނެ ގޮތްތައް ކަނޑައަޅައި ތަންފީޒުކުރުމާއި ލަނޑުދަނޑިތަކާ ގުޅުވާލެވޭ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
- ކޮމިޝަނުގެ ތަޙުޤީޤުގެ ދާއިރާގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް އެގްޒެކިއުޝަނުގައި (ތަންފީޒުކުރުން) ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރާނެ ގޮތްތައް ކޮމިޝަނުން ކަނޑައަޅާ މުއްދަތުތަކުން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
- ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށްދަނީ ނަޒާހަތްތެރިކަމާއެކު، ކޮމިޝަނުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛
- ކޮމިޝަނުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޑިވިޝަންގެ އަހަރީ ޕްލޭން އެކުލަވާލާ ތަންފީޒުކުރުން.
- ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ކީ ޕަރފޯމަންސް އިންޑިކޭޓާރސް (ކޭޕީއައި)ތައް އެކުލަވާލާ ކޭޕީއައިތައް ހާސިލްވާކަން ކަށަވަރު ކުރުން؛
- ކޮމިޝަނުގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، އެމަޝްރޫޢުތައް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން؛
- ކޮމިޝަނުގެ ސްޓްރެޓީޖިކް މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމިޝަނުގެ މަސައްކަތްތައް ރާވާ ގޮތާއި، ކުރިއަށްދާގޮތް ބެލުމަށާއި، ޙާސިލުކުރެވޭ މައިގަނޑު ނަތީޖާތަކާއި ޖުމުލަ މިންވަރުތައް ދެނެގަންނާނެ މިންގަނޑުތަކާއި، ޓޫލްތައް އެކުލަވާލައި ތަންފީޒުކުރުމާއި އެކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
- ކޮމިޝަނުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ކުރިޔަށް ގެންދިއުމާ ގުޅޭގޮތުން އިންވެސްޓިގޭޝަންގެ ޑިޕާރޓްމަންޓްތަކަށް އިރުޝާދާއި ލަފާދީ، އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި އެކަމުގައި ކޮމިޝަނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން؛
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޮމިޝަނުން މީޑިއާއަށް ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި ކޮމިޝަނުގެ މަޝްވަރާއާއެކު މީޑިއާއަށް ޖަވާބުދާރީވުން؛
- ކޮމިޝަނުގެ ތަޙުޤީޤުގެ ދާއިރާގެ މަސައްކަތްތަކާ ގުޅިގެން ކޮމިޝަން ތަމްސީލް ކުރަންޖެހޭ ހާލަތްތަކުގައި އިސްދައުރެއް އަދާކޮށް ކޮމިޝަން ތަމްސީލްކުރުން؛
- ކޮމިޝަނުގެ ތަޙުޤީޤުގެ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުޞޫލުތައް ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާގެމަތިން ހެދުމާއި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި އެކަންތައްތައް ތަންފީޒުކުރުން؛
- ތަޙުޤީޤުކުރުމުގެ އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާގައި ކަންކުރާ ގޮތް ބަލައި، ކޮމިޝަނަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތައާރަފުކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، އަވަސްކޮށް އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީ ހޯދައި، އެ ޓެކްނޮލޮޖީ ތައާރަފުކުރުން؛
- ކޮމިޝަނަށް އާންމުކޮށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތާއި ދިމާތައް ދެނެގަނެ، ދިވެހިރާއްޖޭގައި އިތުރުވަމުން އަންނަ ކޮރަޕްޝަނުގެ ކުށްތައް ދެނެގަނެ އެކަން ދިރާސާކޮށް ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުން؛
- ކޮމިޝަނުގެ ފޮރެންސިކް އަދި އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ތަޙުޤީޤުތަކާ ގުޅިގެން ފާހަގަވާ ކަންކަން ދެނެގަނެ ކޮރަޕްޝަނުގެ ހިރާސްކުޑަކުރުމަށް ކަމާގުޅުންހުރި ފަރާތްތަކަށް ފޮނުވާ އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުން؛
- ކޮމިޝަނާ ގުޅުންހުންނަ އޮޑިޓު ރިޕޯޓުތަކުން ކޮމިޝަނާ ގުޅޭ ގޮތުން ފާހަގަކުރާ ކަންކަން ދެނެގަންނާނެ ގޮތްތައް އެކަށައަޅައި ތަންފީޒުކޮށް އެފަދަ ރިޕޯޓުތަކުން ފާހަގަކުރާ ކަންކަން އިސްލާހުކުރުމަށް ކުރުމާއި، އެ ކަންކަން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
- ކޮމިޝަނުގެ ތަޙުޤީޤު ކުރުމަށް ގެންގުޅޭ އާލަތްތައް (ޓޫލްސް، ޓެކްނީކްސް، ޕްރޮސެސަސް، އެޕްލިކޭޝަން މެތަޑް) ކަނޑައަޅައި ތަރައްޤީކޮށް އެކަމުގެ މައްޗަށް ހަދަންޖެހޭ އެނާލިސިސްތައް ހަދައި އެކަންކަމުގެ ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯދުން؛
- ކޮމިޝަނާ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ތަޙުޤީޤުތައް ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތައް ކަން ކަށަވަރުކުރުން؛
- އިންވެސްޓިގޭޓަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ، ދެމެހެއްޓެނިވިގޮތެއްގައި އިންވެސްޓިގޭޓަރުންގެ ފަންނީ ޤާބިލްކަން ކުރިއެރުވުމުގެ މަސައްކަތާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ދާކަން ކަށަވަރުކުރުން؛
- ކޮމިޝަނުގެ ތަޙުޤީޤީ ދާއިރާ ހިންގުމަށް ޒަމާނީ ސުމޭކުކަން ގެނައުމަށް ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ތަޠްބީޤުކޮށް، އެކަންކަން ތަންފީޒުކޮށް، އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
- ކޮމިޝަނުގެ ތަޙުޤީޤީ މަސައްކަތްތަކަށް ބޭނުންވާ އިނޮވޭޓިވް އަދި އީޖާދީ ގޮތްތައް ހޯދައި، ޓެކްނޯލޮޖީގެ ވަސީލަތްތައް ތަޢާރަފުކުރަން ކުރާނެ ކަންކަން ކަނޑައަޅައި، އެކަންކަން ތަންފީޒުކޮށް އެކަންކަމުން ލިބޭ ނަތީޖާތަށް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދުން؛
- ތަޙުޤީޤުތަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވާ ލިއުންތަކާއި ތަޙްޤީޤަށް މީހުން ހާޒިރުކުރުމަށް ފޮނުވާ އަމުރުތައް ތައްޔާރުކުރަނީ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތައްކަން ކަށަވަރު ކުރުން؛
- ތަޙުޤީޤުތަކާ ގުޅިގެން ކޮމިޝަނަށް ހޯދާ ލިޔެކިއުންތަކާއި ހެއްކާ ގަރީނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މި ތަކެތި ބެލެހެއްޓެނީ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
- ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
|
އެޕްލިކޭޝަން ސުންގަޑި:
|
09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޖިންމާއެކެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|