ދިވެހިރާއްޖެ
އިޢުލާން
ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 14 ވަނަ ޤުރްއާން މުބާރާތާއިބެހޭ
ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމާމެދު ލޯބިޖެއްސުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށްގެންދާ "ކައުންސިލް ޤުރުއާން މުބާރާތް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 06، 07 އަދި 08 ވާ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިންދުވަހެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭނެ ބައިތައް ތިރީގައި ބަޔާންކުރަމެވެ.
- މުބާރާތުގައި ހިމެނެނީ ދެ ގޮއެއްޕެވެ. އެއީ ބަލައިގެން (ފޮތުން) ކިޔުމުގެ ގޮއެއްޕާއި ނުބަލާ (ހިތުން) ކިޔެވުމުގެ ގޮއެއްޕެވެ.
- ބަލައިގެން ކިޔެވުމުގެ ބައި:
- ބަލައިގެން ކިޔެވުމުގެ ބައިން ސުވާލު ކުރާނީ ކިޔަވަންޖެހޭ މުޤައްރަރު 02 ބަޔަކަށް ބަހާލުމަށްފަހު، ކޮންމެ ބަޔަކުން 05 ފޮޅުވަތުގެ 01 ސުވާލެވެ. ޖުމްލަ 02 ސުވާލެވެ.
- ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.
- ނުބަލައި ކިޔެވުމުގެ ބައި:
- ނުބަލާ ކިޔެވުމުގެ ބައިން ސުވާލު ކުރާނީ ކިޔަވަންޖެހޭ މުޤައްރަރު 02 ބަޔަކަށް ބަހާލުމަށްފަހު، ކޮންމެ ބަޔަކުން 05 ފޮޅުވަތުގެ 01 ސުވާލެވެ. ޖުމްލަ 02 ސުވާލެވެ.
- ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.
|
# |
ކީސްޓޭޖްތައް |
ނުބަލައި |
ބަލައިގެން |
||
|
ފެށޭކޮޅު |
ނިމޭކޮޅު |
ފެށޭކޮޅު |
ނިމޭކޮޅު |
||
|
1 |
ނާސަރީ އަދި ބޭބީ ނާސަރީ |
ބޭނުން ސޫރަތެއް |
|
||
|
2 |
6 އަހަރުން ދަށް |
ފާތިހާ 1 – ބަޤަރާ 76 |
އަޢުލާ 1 – ނާސް 6 |
1 ވަނަ ފޮތް |
30 ވަނަ ފޮތް |
|
3 |
8 އަހަރުން ދަށް |
1 ވަނަ ފޮތް |
30 ވަނަ ފޮތް |
ފޮތް 1 - 2 |
ފޮތް 29 - 30 |
|
4 |
10 އަހަރުން ދަށް |
ފޮތް 1 - 2 |
ފޮތް 29 - 30 |
ފޮތް 1 - 5 |
ފޮތް 26 - 30 |
|
5 |
12 އަހަރުން ދަށް |
ފޮތް 1 - 3 |
ފޮތް 28 - 30 |
ފޮތް 1 - 7 |
ފޮތް 24 - 30 |
|
6 |
14 އަހަރުން ދަށް |
ފޮތް 1 - 5 |
ފޮތް 26 - 30 |
ފޮތް 1 - 10 |
ފޮތް 21 - 30 |
|
7 |
16 އަހަރުން ދަށް |
ފޮތް 1 - 7 |
ފޮތް 24 - 30 |
ފޮތް 1 - 15 |
ފޮތް 16 - 30 |
|
8 |
20 އަހަރުން ދަށް |
ފޮތް 1 - 10 |
ފޮތް 21 - 30 |
ފޮތް 1 - 20 |
ފޮތް 11 - 30 |
|
9 |
އާއްމުންގެ ބައި |
ފޮތް 1 - 15 |
ފޮތް 18 - 30 |
30 ފޮތް |
|
މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:
ރަސްމާދޫގެ ރައްޔިތެއް ކަމުގައިވުން ނުވަތަ ރަސްމާދޫގައި ދިރިއުޅެމުންދާތާ 01 އަހަރަށްވުރެއް ގިނަ ދުވަސްވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ރަސްމާދޫގައި ހިންގާ ސްކޫލެއްގެ ދަރިވަރެއް ކަމުގައިވުން.
މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް 2026 ޖުލައި 05 އިން ފެށިގެން 2026 ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުމަށް ދަންނަވާލަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
