ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޝަހާދާ އިޢުދާދީ އަދި ޝަހާދާ ސާނަވީ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރުން ހޯދުން

2026 ވަނަ އަހަރުގެ ޝަހާދާ އިޢުދާދީ އަދި ޝަހާދާ ސާނަވީ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

މާއްދާތައް/ޔުނިޓުތައް

ޕޭޕަރުގެ އަދަދު

ޕޭޕަރ ސެޓަރުން ބޭނުންވާ އަދަދު

لقرآن الكريم / Holy Quran

2

1

العلوم الشرعية / Islamic Studies

التفسير / Exegesis

1

1

التوحيد /  Theology

1

الفقه /  Jurisprudence

1

لحديث /  Tradition of the Prophet

1

السيرة / Biography of the Prophet

1

اللغة العربية / Arabic Language

النحو /  Syntax

1

1

الصرف  /  Morphology

1

الإنشاء  /  Essay Writing

1

اﻷدب /  Literature

1

الرياضيات  /  Mathematics

2

1

العلوم /  Science

1

1

الدراسات الإجتماعية /  Social Studies

1

1

 

ސުވާލުކަރުދާސް ތައްޔާރުކުރަންވީ މާއްދާ ތަކާއި ޢަދަދު

މާއްދާތައް/ޔުނިޓުތައް

ޕޭޕަރުގެ އަދަދު

ޕޭޕަރ ސެޓަރުން ބޭނުންވާ އަދަދު

لقرآن الكريم / Holy Quran

2

1

العلوم الشرعية / Islamic Studies

التفسير / Exegesis

1

1

التوحيد /  Theology

1

الفقه /  Jurisprudence

1

لحديث /  Tradition of the Prophet

1

اللغة العربية / Arabic Language

النحو /  Syntax

1

1

الصرف  /  Morphology

1

الإنشاء  /  Essay Writing

1

اﻷدب /  Literature

1

الحديث /  Tradition of the Prophet

1

الرياضيات  /  Mathematics

3

1

الأحياء  /  Biology

2

1

الكيمياء  /  Chemistry

2

1

الفيزياء  /  Physic

2

1

المنطق Logic /

2

1

لتاريخHistory /

2

1

الجغرافياGeography /

2

1

 

މަސައްކަތް ކުރަންޖެހޭ ވަގުތާއި ތަން:

މަސައްކަތް ކުރަންޖެހޭނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (DPE) ގައެވެ. މަސައްކަތުގެ ވަގުތަކީ 28 ޖުލައި 2026އިން 30 އޯގަސްޓް 2026 ށް މެންދުރުފަހު 14:00 އިން ހަވީރު 20:00 އަށެވެ.

އުޖޫރަ:

   ޕޭޕަރަކަށް (ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވާލުމަށް) -/6000.00 ރުފިޔާ ( ހަހާސް ރުފިޔާ )

ޝަރުޠު:

 

 1. އަރަބިބަހުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން

އަދި

ޕޭޕަރު ތައްޔާރުކުރާ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލާރސް އޮނާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން . 

 2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން

 3. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން

 4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

  • ޝަހާދާ ސާނަވީ/ ޝާނަވީ އިއުދާދީ މާއްދާތަކުގެ އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، ސުވާލު ކަރުދާސްތައް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތައްޔާރުކުރުން
  • ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް މާކިންސްކީމް އެކުލަވާލުން
  • ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.   

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު       % 50
  2. ކިޔަވައިދިނުމުގެ ތަޖުރިބާ   % 10
  3. އިންޓަރވިއު          % 40

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

1-  ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، ބޭނުންވާ އަދަދަށް އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  2. ވަނަވަރު (CV).
  3. ކިޔަވައި ދީފައި ވާނަމަ، ނުވަތަ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

   4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

 

ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.

 

ސުންގަޑި:

 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/Xq5AyscRUemfCfWD6

  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
02 ޖުލައި 2026
ހޯދާ