ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ފޯރުކޮށްދޭ ރައްވެހިކަމުގެ ޙިދުމަތުން ފީ ނެގުމާއި ގުޅޭ

 

މިކައުންސިލުން ފޯރުކޮށްދޭ ރައްވެހިކަމުގެ ޙިދުމަތުން ފީ ނެގުމާއި ގުޅޭ

 

ތަޢާރަފް

 

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 4 ވަނަ ބާބުގެ 23 ވަނަ މާއްދާގެ (ހ)ގެ 25 ވަނަ  ނަމްބަރުގެ ދަށުން އެކުލަވާލާފައިވާ ފ.ފީއަލީ ކައުންސިލުން ފޯރު ކޮށްދޭ ރައްވެހި ކަމުގެ ޚިދުމަތުންފީނެގުމުގެ  އުސޫލެވެ.

ނަން

.2

(ހ)

މިއުސޫލަށް ކިޔާނީ "  ފ.ފީއަލީ ކައުންސިލުން ފޯރު ކޮށްދޭ ރައްވެހި ކަމުގެ  ޚިދުމަތުން ފީނެގުމުގެ އުސޫލް" އެވެ.

މަޤުސަދު

 

(ށ)

މިއުސޫލް އެކުލަވާލުމުގެ މަޤުސަދަކީ ފީއަލީ ކައުންސިލުން ފޯރުކޮއްދޭ ރައްވެހިކަމުގެ  އެކި އެކި ހިދުމަތްތައް ފޯރު ކޮށްދިނުމުގައި އެއްވެސް ތަފާތް ކުރުމެއްނެތި ރަށުގައި ދިރިއުޅޭ އަދި ރަށުގައި ދިރިނޫޅެ ރަށުގެ ރައްވެހިންނަށް ރައްވެހިކަމުގެ ހިދުމަތް ފޯރު ކޮށްދިނުމެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން

.3

(ހ)

މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަމުގެ މައްޗަށް، މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ.

ރަށުގެ ރައްވެހި ކަމުން ވަކިވުން.

4.

(ހ)

މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު މީގެ ފަހުން މިރަށުގެ ރައްވެއްސަކަށްވެހުރެ ރަށުގެ ރައްވެހި ކަމުން ވަކިވާނަމަ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް (ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް) ފީ އެއްގެ ގޮތުގައި އެވަކިވާ ފަރާތަކުން 2000ރ (ދެހާސްރުފިޔާ) ކައުންސިލައް ދައްކަންވާނެއެވެ. އަދި އެފައިސާ ކައުންސިލައް ދެއްކުމަށް ފަހުގައި އެފަރާތެއް ރަށުގެ ރައްވެހީންގެ ރަޖިސްޓްރީއިން އުނިކޮށް ރައްވެހިކަން ބަދަލްވާން ބޭނުންވާ ރަށަކައް ނުވަތަ ވަކިވާން ބޭނުންވާ ފަރާތަކަށް ރަށުގެ ރައްވެހިކަމުން ވަކިވިކަމުގެ ލިޔުން ދޫކުރެވޭނެއެވެ.

މާނަކުރުން.

5.

(ހ)

ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ، "ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާއެވެ".

17 މުޚައްރަމް 1448

02  ޖުލައި 2026

 

 

 

އަޙްމަދު އިލްހާމް

 ފީއަލީ ކައުންސިލްގެ ރަޢީސް

02 ޖުލައި 2026
ހޯދާ