ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި މި ސެންޓަރު ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކުރުމެވެ. މީގެ އިތުރަށް މިނިވަންކަމުގެ މުހިންމުކަމާއި ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީ ވެސް މި މުބާރާތުގެ މަގުސަދެކެވެ. އެ ގޮތުން ކެމެރާގެ ލެންސް މެދުވެރިކޮށް ސަގާފީ އުފާފާޅުކުރުމާއި، ގުދުރަތީ މަންޒަރުތަކާއި، ތާރީޚީ ތަންތަނާއި، ކަނޑުއަޑީގެ އަޖައިބުތަކާއި، ގޮނޑުދޮށްތަކާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި މުޖުތަމަޢުގެ ބަދަހި ގުޅުންތަކާއި އެ ގުޅުންތަކުގެ ސަބަބުން ލިބޭ އުފަލާއި އިޙްސާސްކުރެވޭ މިނިވަންކަން ފޮޓޯއަކުން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ އެއްވެސް ފޮޓޯއެއް ބަލައެއް ނުގަނެވޭނެއެވެ.

މި މުބާރާތުގެ އުޞޫލު މި އިއުލާނާއިއެކު ހިމަނާލެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3336868 އަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2026
ހޯދާ