ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކޮމިޝަނަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމް  ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 08 ޖުލައި 2026 ވާ ބުދަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

17 މުޙައްރަމް 1448

02  ޖުލައި  2026   

02 ޖުލައި 2026
ހޯދާ