ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޑަބްލިއު.ޑީސީ ނެޓްބޯލް ޗެލެންޗް 2026" ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

"ޑަބްލިއު.ޑީސީ ނެޓްބޯލް ޗެލެންޗް "2026" ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުންބުޓި ޕޯޓަލްގެ ބިޑް ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވެލައްވާ:

ލިންކް: https://kunbuti.gov.mv/services/Procurement

  

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏12‏ ޖުލައި‏ 2026‏ (އާދީއްތަ‏)

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏13‏ ޖުލައި‏ 2026‏ (ހޯމަ‏)

11:00

އަންދާސީ ހިސާބު ހުށަހެޅުން

‏14‏ ޖުލައި‏ 2026‏ (އަންގާރަ‏)

11:00

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏02‏ ޖުލައި‏ 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް:

https://kulhudhuffushicity.gov.mv/procurement/545

 

02 ޖުލައި 2026
ހޯދާ