ދިވެހިރާއްޖެ
މިސިޓީގެ ބައެއް ގެތަކާއި ޢިމާރާތްތަކުގެ ފުރާޅުންނާއި ފުރާޅުގެ ދިޔަދޮވި ހޮޅިން އަންނަ ފެން މަގުމައްޗަށް އެޅޭ ގޮތަށް ދޫކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ވިއްސާރަވެ ވާރޭވެހޭ މޫސުމްތަކުގައި މަގުތަކުގައި ފެންބޮޑުވާ މިންވަރު އިތުރުވެ، ހިނގާ ފަރާތްތަކަށާއި، ދުއްވާ އުޅަނދުތަކަށް ދަތިތަކާއި ކުރިމަތިވެ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ބައެއް ގޭގެއަށް ފެންވަދެ އެގޭގޭގެ މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.
ގޭގެ ފުރާޅުން، ނުވަތަ ދިޔަދޮވި ހޮޅިން އަންނަ ފެން މަގުމައްޗަށް ހިންދުމަކީ މަނާކަމެކެވެ. އަދި ދިޔަދޮވި ހޮޅިގުޅައި މަގުމައްޗަށް ފުރާޅުން ފެން ނޭޅޭ ގޮތް ހެދުމަކީ އެގޯއްޗެއްގެ ވެރިފަރާތުން ނުވަތަ ގޯތި ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފަރާތްތަކުން ކުރައްވަންޖެހޭ ކަމެކެވެ.
އެހެންކަމުން މަގު ބޭނުންކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގޯތިތަކުގެ ވެރިފަރާތުން ނުވަތަ އެފަރާތުން ހަމަޖައްސަވައިގެން ގޯތި ބެލެހެއްޓުމަށް ޙަވާލު ވެލައްވާފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި، ޢިމާރާތްތަކުގެ ފުރާޅުންނާއި ފުރާޅުގެ ދިޔަދޮވި ހޮޅިން މަގުމައްޗަށް ފެން ނޭޅޭގޮތް ހެދުމަށް ދަންނަވަމެވެ.
އަދި މިމަސައްކަތުގައި އެންމެހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، އެހީތެރިކަން ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
