ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-457145

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް

މުސާރަ:

މަހަކު 9495.00 (ނުވަހާސް ހަތަރު ސަތޭކަ ނުވަދަހި ފަހެއް ) ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 2850.00 (ދެހާސް އަށްސަތޭކަ ފަންސާސް ) ރުފިޔާ ( 1 ވަނަ ހަރުފަތުގެ މިންވަރު)

ހާޟިރީ އިނާޔަތް:

ހާޟިރުވާ ކޮންމެ ދުވަހަކަށް 75 (ހަތްދިހަ) ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
    • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.
    •  ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާން މަހެއްގައި ރަމަޟާން އެލަވެންސް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފްތާޔަކު އެއްފަހަރު ޑިޕާރޓްމަންޓް ވެރިޔާއާ މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި ، އެ ހަމަޖައްސާ އުސޫލާއި އެއްގޮތަށް އަމަލުކުރުން
  • ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތް ކުރުމާއި ތަކެތި ގަތުމަށްޓަކާ އިއުލާނުކުރުމާއި ބީލަމަށް މައުލޫމާތު ދިނުމާއި ބީލަން ބަލައިގަތުން އަދި އިވެލުއޭޓްކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ހަމަޖައްސަވާ އުޞޫލަކުން ކުރިއަށް ގެންދިޔުން
  • ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ނުލިބޭ ތަކެތި ލިބޭނެ މުއްދަތެއް ކަނޑައެޅުމަށް މަސައްކަތް ކުރުން
  • ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގެ ރިކޯޑްސް ބަލަހެއްޓުން
  • ސިޓީކައުންސިލްގެ އިދާރާއިން ގަންނަންޖެހޭ ތަކެތި ގަތުން
  • ލީގަލް އޮފިސަރ ގެ މަޝްވަރާގެ މަތިން އެގްރިމެންޓް ހަދާ މަސައްކަތް ޙަވާލުކުރުން
  • އިޢުލާންކޮށްގެން ނުވަތަ ކޯޓޭޝަންތައް ހޯދައިގެން ކުރެވޭ މަސައްކަތްތަކާއި ހޯދޭ ތަކެއްޗާއި، ޚިދުމަތް ލިބުމުން އެކަން ބަލައި ޗެކްކޮށް އެޚިދުމަތެއް ފުރިހަމައަށް ލިބިއްޖެކަމަށް ބިލްގައި ސޮއިކޮށް ކަމާގުޅޭ ލިޔުންތަކާއެކު ބަޖެޓަށް ފޮނުވުން.
  • ފުވައްމުލަކު ސިޓީގެ މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރުން.
  • އިދާރާއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރުން.
  • ޕްރޮޖެކްޓް އިޢުލާނު ތައްޔާރުކުރުމާއި، އިޢުލާނުކުރުން
  • ޕްރޮޖެކްޓްގެ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކުރުން އަދި ·ޕްރޮޖެކްޓްގެ ބިޑް އޯޕަނިންގ އިންތިޒާމުކުރުމާއި، ބިޑް އޯޕަނިންގ ބޭއްވުން
  • ޕްރޮޖެކްޓްގެ ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ޑޮކިއުމަންޓް ދޫކުރުމާއި، ލިބޭ ޑޮކިއުމެންޓްސް ތައް  ބެލެހެއްޓުން
  • އިޢްލާންކުރާ ޕްރޮޖެކްޓްތަކަށް ހުށަހެޅޭ ބިޑް ޑޮކިއުމަންޓް ތައް ރައްކާކޮށް ބެލެހެއްޓުން
  • ޕްރޮޖެކްޓްގެ ޕްރީ-ބިޑް މީޓިންގ އިންތިޒާމްކުރުމާއި، މީޓިންގ ބޭއްވުން އަދި ޕްރީ-ބިޑް މީޓިންގެ ޔައުމިއްޔާ ތައްޔާރުކުރުން
  • ކައުންސިލުން ފާސްކުރާ ނިންމުމްތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.  

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެޑްމިނިސްޓްރޭޝަން  
  3. އެގްރިކަލްޗަރަލް ސައިންސް  
  4. އެންތްރޯޕޮލޮޖީ  
  5. އާކިޓެކްޗަރ  
  6. ބިޒްނަސް  
  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ސިވިލް އިންޖިނިއަރިންގ  
  10. ކޮމާރސް  
  11. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  12. ކޮމްޕިއުޓަރ ސައިންސް  
  13. ކައުންސިލް އެޑްމިނިސްޓްރޭޝަން  
  14. ކަލްޗަރ އެންޑް ހެރިޓޭޖް  
  15. ޑިމޮގްރަފީ  
  16. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  17. ދިވެހި ލެންގްއޭޖް  
  18. އިކޮނޮމިކްސް  
  19. އެޑިއުކޭޝަން  
  20. އެންވަޔަރަންމަންޓަލް ސައިންސް  
  21. ފައިނޭންސް  
  22. ގަވަރނަންސް  
  23. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  24. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  25. ހިއުމަން ރިސޯސް  
  26. އިންފޮމޭޝަން ޓެކްނޮލޮޖީ  
  27. އިންޓަނޭޝަނަލް ރިލޭޝަންސް  
  28. ލޯ  
  29. ލީޑަރޝިޕް  
  30. ލައިބްރަރީ ސައިންސް  
  31. ލޯކަލް ގަވަރނަންސް  
  32. މެނޭޖްމަންޓް  
  33. މެރީން ސައިންސް  
  34. މާކެޓިންގ  
  35. އޮފީސް އެޑްމިނިސްޓްރޭޝަން  
  36. ޕޮލިސީ ސްޓަޑީޒް  
  37. ޕޮލިޓިކަލް ސައިންސް  
  38. ޕްރޮޖެކްޓް މެނޭޖްމަންޓް  
  39. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  40. ޕަބްލިކް މެނޭޖްމަންޓް  
  41. ޕަބްލިކް ޕޮލިސީ  
  42. ޕަބްލިކް ރިލޭޝަންސް  
  43. ރިލިޖަސް ސަރވިސަސް  
  44. ޝަރީޢާ އެންޑް ލޯ  
  45. ސޯޝަލް ސައިންސް  
  46. ސޯޝަލް ވޯރކް  
  47. ސޯޝިއޮލޮޖީ  
  48. ސްޕޯޓްސް މެނޭޖްމަންޓް  
  49. ސްޓެޓިސްޓިކްސް  
  50. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  51. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  52. އަރބަން ޕްލޭނިންގ  
  53. އާބަން ސްޓަޑީޒް 

 

މަޤާމުގެ މަސައްކަތުގެ ތަޢުލީމީ ދާއިރާތައް:

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް .1

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2026 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން 10 ޖުލައި 2026 އާއި 10 އޮގަސްޓް 2026 އާ ދެމެދު، ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 ޖުލައި 2026
ހޯދާ