ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ "އާބާދީ 60" ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ކުރެހުމުގެ މުބާރާތާއި ފޮޓޯ ރީކްރިއޭޓްކޮށް ނެގުމުގެ މުބާރާތް
ތިނަދޫ ސިޓީ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ކުރެހުމުގެ މުބާރާތާއި ފޮޓޯ ރީކްރިއޭޓްކޮށް ނެގުމުގެ މުބާރާތަށް އިޢުލާން ކުރަމެވެ.
ވީމާ، މި މުބާރާތުގައި ކުރެހުން ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިއަދުން ފެށިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ކުރެހުން ހުށަހެޅުއްވުން އެދެމެވެ.
އަދި މި މުބާރާތުގައި ފޮޓޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓެލެގްރާމް މެދުވެރިކޮށް 9609862003+ އަށް ފޮޓޯ ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ އެކު މި މުބާރާތުގެ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
