ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިޑް ޢުޞޫލުން ބިން ދޫކުރުމާއި ގުޅޭ

ކޮޅުމަޑުލު އޮމަދޫ ހުޅަނގު ދެކުނު ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށް ބިޑް އުޞޫލުން ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ އަޙްމަދު ޢަބްދުﷲ ހިނގުމުގެ ދެކުނުކޮޅުން ދަނޑުވެރިކަން ކުރުމަށް ތ. އޮމަދޫ ހަވީރީވިލާ މަސްޢޫދު ނަޞީރަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގަށް (ޕްލޮޓް ނަމްބަރ: 09 އިން 10 އަށް)
  • ބިމުގެ ބޮޑުމިން: 5000 އަކަފޫޓް
  • ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 02
  • ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު:    15 އަހަރު
  • ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް
  • ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަ: އަކަ ފޫޓަކަށް 0.05ރ (ފަސް ލާރި)

                ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހު 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

14 ޖުލައި 2026 (އަންގާރަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

20 ޖުލައި 2026 (ހޯމަ)

11:00

               

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6780039 އާއި ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.

                            17 މުޙައްރަމް 1448ހ

                            02 ޖުލައި    2026މ

 

02 ޖުލައި 2026
ހޯދާ