މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރަށުގެ ކަނބަލުންގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން " ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމިކަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 9 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
  • ބީލަން ބަލައިގަތުން: 16 ޖުލައި 2026 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް.
  • ބީލަންތައް ހުޅުވުން: 16 ޖުލައި 2026 ވަނަ ދުވަހުގެ 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް [email protected]  އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން  އާންމުކޮށް އެންގުމަށްޓަކައި  އިއުލާން ކުރީމެވެ.

30 ޖޫން 2026
ހޯދާ