ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ޕްލޮޓް 4 ކުއްޔަށް ދޫކުރުން
ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯން 2 ގެ ޕްލޮޓް 4، 5000 (ފަސްހާސް) އަކަފޫޓުގެ ބިން 30 (ތިރީސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން މި ކައުންސިލްގެ ނަމްބަރު (IUL)342/INDIV/2025/112(30 އޮކްޓޫބަރު 2025) އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ. މި ބީލަމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލް" އަށް ރިއާޔަތް ކުރެވޭނެއެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/10,000 (ދިހަހާސް) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
- އިސްވެ ދެންނެވިފައިވާ ބާޠިލް ކުރެވުނު އިޢުލާނަށް ކުރިން ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް އަލުން މި ބީލަމުގައި ރަޖިސްޓްކުރަން ބޭނުންނަމަ، ފޯމް ހުށަހަޅުންވަން ޖެހޭނެއެވެ. ނަމަވެސް ރަޖިސްޓްރީ ފީ ދައްކާކަށް ނުޖެހޭނެއެވެ. ކުރިން ދައްކާފައިވާ ބިޑް ރަޖިސްޓްރީ ފީ މި އިޢުލާނާގުޅިގެން ބަލާގަނެވޭނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކައުންސިލްގެއެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް ބައްދަލުވުން ފެށުމުގެ ކުރިން މީޓިންގެ ލިންކު މެއިލް ކުރެވޭނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 މުޙައްރަމް 1447
1 ޖުލައި 2026