ދިވެހިރާއްޖެ
ބ.ކިހާދޫ ސްކޫލުގައި ބޭނުންކުރުމަށް 16 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މި ސްކޫލްގެ އީމެއިލް: [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ ރަސްމީގަޑީގައި މި ސްކޫލު އޮފީހަށް ފޯމް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށައަޅަ ފަރާތުގެ ޒިންމާއެކެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ފޮތް އަދި ރަޖިސްޓްރީ ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ހުޅުވުން އޮންނާނީ 19 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިހާދޫ ސުކޫލް / ބ. ކިހާދޫ
ފޯން: 6600017
އީ-މެއިލް: [email protected]
16 މުހައްރަމް 1448
1 ޖުލައި 2026
