މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާން

ނ.މާފަރު ވައިޖެހޭގެ ނިޒާރު ޔޫޞުފް އަކީ، މި ކޯޓަށް ހުށަހެޅި ބަލަމުންގެންދާ ނަންބަރު 2026D8C-CIV-04 (ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ) ޤަޟިއްޔާއާ ގުޅިގެން، މި ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ، ޙާޟިރުވެފައިނުވާ ފަރާތެކެވެ.

 ވީމާ، 12 ޖުލައި 2026 ދުވަހުގެ 13:00 އަށް ނ.މާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވުމަށް ނ.މާފަރު ވައިޖެހޭގެ، ނިޒާރު ޔޫޞުފް އަށް އަންގަމެވެ. އަދި މި ދެންނެވި ތާރީޚާއި ގަޑިއަށް ޔޫޞުފް ނިޒާރު މި ކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ އެ ތާރިޚާއި ގަޑިއަށް ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެފައިނުވާނަމަ، ކޯޓަށް ހާޟިރުވުމަށް އެންގުނީ ކަމަށް ބަލައި، ޔޫސުފް ނިޒާރުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާނެކަންވެސް އަންގަމެވެ.

01 ޖުލައި 2026
ހޯދާ