ދިވެހިރާއްޖެ
އިޢުލާން
އަލިފުށި ރައްޔިތުންގެ ބިން (ކެފޭ އިމާރާތް) 15(ފަނަރަ) އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 08ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑުފޮތް ގަނެ،ބިޑުގައި ރަޖިސްޓްރީ، https://forms.gle/xiD2yo3BKnhBzY9f6 ވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށަނޭޅޭނެއެވެ. ބިޑު ފޮތް ވިއްކާ އަގަކީ 500.00(ފަސްސަތޭކަ ރުފިޔާ) އެވެ. އަދި ބިޑު ފޮތަށް ފައިސާ ދައްކާނީ 7717-700396-001 (1339 Revenue 01) އަށެވެ. ބިޑު ހުށަހެޅުމަށް 2026 ޖުލައި 09ވަނަ ދުވަހުގެ 11:00ށް އިދާރާއަށް ޚާޒިރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ.
މި ބިމަށް (ކޭފޭ އިމާރާތް) ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
