ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާއިން 7 ޖަނަވަރީ 2016 ގައި ކޮށްފައިވާ GS-82/2016/01 ނަންބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކު ކުމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.
| 
 މަޤާމް:  | 
 ރިލީފް ޓީޗަރ  | 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:  | 
 މާރަންދޫ މަދަރުސާ  | 
 މަޤާމު އޮތް އޮފީހުގެ ނަން:  | 
 ހއ. މާރަންދޫ މަދަރުސާ  | 
| 
 ވަޒިފާއަދާކުރަންޖެހޭ ސެކްޝަން  | 
 އެކަޑަމިކް ސެކްޝަން  | 
||
| 
 މުއްދަތު:  | 
 3 މަސްދުވަސް (ވަޒީފާއަށް ރަނގަޅުނަމަ، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)  | 
||
| 
 މަޤާމު  | 
 ރޭންކު  | 
 ކްލެސިފިކޭޝަން  | 
 ޝަރުޠު  | 
 މަޤާމުގެ އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ރިލީފް ޓީޗަރ  | 
 TSO1  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1  | 
 ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރ.  | 
 -/4000  | 
 -/1500  | 
| 
 ޓްރެއިންޑް ޓީޗަރ  | 
 GS4  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1  | 
 ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވުން.  | 
 -/5020  | 
 -/2500  | 
| 
 MS1  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2  | 
 ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓްފިކެޓް ހާސިލުކޮށްފައިވުން.  | 
 -/5610  | 
||
| 
 ގްރެޖްއޭޓް ޓީޗަރ  | 
 MS2  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3  | 
 ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން.  | 
 -/6290  | 
 -/2500  | 
| 
 ކޮލިފައިޑް ޓީޗަރ  | 
 MS3  | 
 ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 4  | 
 ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.  | 
 -/7035  | 
 -/2500  | 
| 
 އިތުރުގަޑީގެ ފައިސާ:  | 
 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
||||
| 
 
 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް  | 
 - މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން. - ލެސަންޕްލޭން ތައްޔާރުކުރުން. - ސްކީމް ތައްޔާރުކުރުން. - ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.  | 
| 
 
 
 
 
 
 
 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު  | 
 1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން. 2- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެ ތަކެތި އުނގަންނައިދީ، އެ ކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން. 3- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން. 4- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން. 5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން. 6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. 7- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން. 8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން. 9- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން. 10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން. 11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން. 12- ކުލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުން ބޭރުގައިވެސް އަޚްލާޤާށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން. 13- ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރިކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން. 14- ކިޔައވައިދޭ ސެސަނުގެ ކުލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން. 15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން. 16- ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލުން. 17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުން. 18- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:  | 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚާއި، ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.  | 
| 
 އެހެނިހެން ޢިނާޔަތްތައް  | 
 ވަޒީފާޔާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދުގައިވާގޮތުގެމަތިން، ހަމަޖެހިފައިވާ އުޞޫލުން، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.  | 
| 
 ސުންގަޑި:  | 
 ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 1 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
| 
 
 
 
 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރިޑިއޭޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި މަދަރުސާގެ 6500535 ނަންބަރު ފޯނާއެވެ.  | 
11 ރަބީޢުލްއާޚިރު 1437
