ދިވެހިރާއްޖެ
ކުރިޔަށްއޮތް 2 (ދޭއް) އަހަރު ދުވަހު، މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް ދިނުމާއި، އެއްބަސްވުން ތަކާމެދު ޤާނޫނީ ލަފާދިނުމާއި، ކައުންސިލުންކުރާ ދަޢުވާ އާއި ލިބޭދަޢުވާތައް ދިރާސާކޮށް، ކޯޓްތަކުގައާއި ޓްރައިބިއުނަލް ތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތު ކުރުމުގެ ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި ޚިދުމަތް ދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން، 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވެލެއްވުން އެދެމެވެ. ރަޖިސްޓްރީ ވެލެއްވުމަށް ރަޖިސްޓްރޭޝަން ފޯމް، މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
އަންދާސީ ހިސާބު ހުށައެޅުން |
13 ޖުލައި 2026 |
ހޯމަ |
13:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށައަޅުއްވަން ޙާޟިރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. "ބީލަން ރަޖިސްޓްރޭޝަން ފޯމް"، ރަސްމީ ގަޑީގައި މި އިދާރާއިން ލިބިލައްވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރި ވެލައްވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މަތީގައިވާ ތާރީޚާއި ގަޑިއަށް އެއްވެސް ބަދަލެއް އަންނަނަމަ، އެކަން މިއިދާރާއިން ޢާންމުކޮށް އަންގާ އިޢުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
