ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ އ.ތ.މ ކޮމެޓީއިން ކުރިއަށްގެންދާ "އަންހެން ކަނބަލުންގެ ކުޅިވަރު ހަފްތާ"

ކޮޅުމަޑުލު ވަންދޫ އ.ތ.މ ކޮމިޓީގެ ފަރާތުން ވަންދޫ ކައުންސިލާއި ގުޅިގެން ރައްޔިތު އަންހެން ކަނބަލުންނަށް ޚާއްސަކުރެވިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަނބަލުންގެ ކުޅިވަރު ހަފްތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކުޅިވަރު ހަފްތާގެ މަޤްސަދަކީ އަންހެންކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ވަންދޫގެ ކަނބަލުންނަކީ ހަރަކާތްތެރިބަޔަކަށް ހެދުމެވެ.

ހިމެނޭ ކުޅިވަރު މުބާރާތްތައް:

  • ކަނބަލުންގެ ބަށި މުބާރާތް
  • ކަނބަލުންގެ ވާދެމުމުގެ މުބާރާތް

        މި ކުޅިވަރުތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 02 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ލިސްޓް ހުށައަޅާ ފޯމް ވަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ވަންދޫ ކައުންސިލްގެ މެއިލް [email protected] އަށް ފޮނުވުން އެދެމެވެ. މުއްދަތު ހަމަވާފަހުން ފޮނުވާ ޓީމްތައް ރަޖިސްޓްރީކޮށްދެވެން ނެތްވާހަކަ ދަންނަވަމެވެ. މި އިޢުލާނާއެކު ކުޅިވަރު މުބާރާތްތަކުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށައަޅާ ފޯމް ގެޒެޓްކުރެވިފައިވާނެއެވެ.

                 އިތުރު މަޢުލޫމާތު ހޯދުމަށް 6780762 ނުވަތަ 9660039 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 ޖޫން 2026
ހޯދާ