ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ކައުންސިލްގެ ނަންބަރު: (OTHR)399-MS/399/2025/15 (މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ އުސޫލު

 

ހައްދުންމަތީ ގަމު ކައުންސިލުގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 6 ވަނަ ޖަލްސާގެ ނިންމުމާ ގުޅިގެން ލ. ގަމުގެ މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށް އުފައްދާފައިވާ ޕޫލް ބަލަހައްޓާނެގޮތުގެ އުސޫލް "ނަންބަރު: (OTHR)399-MS/399/2025/15" އަށް އަންނަނިވި އިޞްލާޙުތައް ގެނައުން. 

 

  1. 1.      ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް ބަދަލުކުރުން

ސާފުކުރުމުގެ މަސައްކަތްކުރާމީހުންގެ އުޖޫރަ ކަނޑައެޅުން

4

(ހ) މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ގަޑިތަކުގެތެރެއިން މަސައްކަތަށް ޙާޟިރުވެ މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 75/- (ހަތްދިހަ ފަހެއް) ރުފިޔާއެވެ.

  1. 2.   ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް ބަދަލުކުރުން

ސާފުކުރާ ގަޑިތަށް ކަނޑައެޅުން

6

(ހ) ސަރުކާރު ބަންދު ދުވަސްތައްއެއީ ޕޫލްގެ މަސައްކަތް ބަންދު ދުވަސްގޮތުގައި ކަނޑައަޅި ނަމަވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި އެ ދުވަސްތަކުގައިވެސް މަސައްކަތު ނެރެވޭނެއެވެ.

 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

30 ޖޫން 2026
ހޯދާ