ތިލަދުންމަތީ އުތުރުބުރީ ކެލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓް

 

                                              ނަންބަރު:(IUL)A08-HC/2026/10

 

އިޢުލާން

މަޤާމް

ހެލްތު ކެއަރ އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-428064

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އާރު.1 (ސުޓެޕް 1 )

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ.ކެލާ ޞިއްހީމަރުކަޒު

މަޤާމުގެ އަސާސީ މުސާރަ

މަހަކު -/8255 ރުފިޔާ

މަޤާމުގެ އެލަވަންސް

މަހަކު -/2475 ރުފިޔާ

އެހެނިހެން އެލަވަންސް

-         ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-         ޕޭފުރޭމް ވޯރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި އެހެނިހެން އިނާޔަތްތައް

-         ޕޭފުރޭމް ވޯރކުގެ މިންގަޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ކޮންމެ ދުވަހަކަށް -/65 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ކްލިނިކަލް އޭރިޔާތަކާއި، އޮފީސް އިމާރާތާއި، އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކުނިކަހާ، މޮޕްއަޅާ ސާފުކުރުމާއި، އަދި ޑަސްބިންތައް ނެގުމާއި، އެތަކެތި ސާފުކުރުން. އަދި އެތަންތަނުގައި ހުންނަ ލައިޓްތަކާއި އެހެނިހެން ތަކެތި ހުރީ ރަނގަޅަށްތޯބަލާ ޗެކުކޮށް ހަލާކުވެފައި ހުންނަތަކެއްޗާއި، ފަންކާތަކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.

2. ކްލިނިކަލް އޭރިޔާތަކާއި، އޮފީސް އިމާރާތާއި އެހެނިހެން އިމާރާތްތައް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި އެތަންތަނުގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެއްޗާއި، ދޮރުތަކާއި ބިއްލޫރިތައް ފޮޅާ، ފޮހެ ސާފުކުރުން.

3. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ޞިއްޙީމަރުކަޒުގެ ވަށައިގެންވާ މަގުތައް ވިނަނޮޅައި ކުނިކަހާ ސާފުކުރުން.

4. ލޭބަރރޫމް، ވޯޑް، ޑްރެސިންގރޫމް ފަދަ ތަންތަނުން ނައްތާލަންޖެހޭ ކުނި އިންސިނަރޭޓް ކުރުމާއި، އެހެނިހެން ތަންތަނުން ނަގާ ކުނިތައް އެއްކުރުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށް ޖަމާކުރުމާއި، ކުނިއަންދާ އިންސިނަރޭޓަރ ސާފުކުރުން.

5. ޞިއްޙީމަރުކަޒުގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި، އެނދުތައް ޑިސްއިންފެކްޓް ކުރުން.

6. ވޯޑާއި ކްލިނިކަލް އޭރިޔާތަކާ އެހެނިހެން ތަންތަނުގައި ހުންނަ ފާޚާނާތައް ކަނޑައެޅިފައިވާ އުސޫލުގެމަތިން ދޮވެސާފުކުރުމާއި، އެތަންތަނުގައި ހުންނަ ލައިޓްތައް ހުރީ ރަނގަޅަށްތޯބަލާ ޗެކުކުރުން.

7. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައާއި އިމާރާތުގެ އެތެރޭގައި ބަގީޗާގަސް ހެއްދުމާއި، ގަސްތަކަށް ފެންދިނުމާއި، ގަސްތައް ބެލެހެއްޓުން.

8. ޞިއްޙީމަރުކަޒުގެ އެކި ތަންތަނުން ހަޑިވާ ފޮތި، ބެޑްޝީޓް، ބާލީސްއުރަ، ބާލީސް، ތުވާލި، ދޮރުފޮތި، ރަބަރު، ބެޑްސްކްރީން ފަދަ އެންމެހާ ތަކެތި ދޮވެ އިސްތިރިކޮށް އެތަކެތި ހުންނަ ތަންތަނުގައި ތަރުތީބުން ބެހެއްޓުން.

9. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ތަކެއްޗާއި ސިންކުތައް ދޮވެސާފުކުރުމާއި ކަބަޑުތަކުގެ މައްޗާއި އެތެރެ ލެބްޓެކްނީޝަންގެ ލަފާގެ މަތިން ސާފުކުރުން.

10. ޞިއްހީމަރުކަޒުގެ އެކި ސެކްޝަންތަކަށް ބޭނުންވާ އެކި ވައްތަރުގެ ފޮއްޗާއި ގައުން، ސްކްރަބް ފަދަ ތަކެތި ފެހުން.

11. ބަލިމީހުން ބޭނުންކުރާ އިކްވިޕްމަންޓްސް ފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓްރައިލްކުރުން.

12. ބަލިމީހުންނަށް ނާރސިންގކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި، ލޭބަރރޫމް، ވޯޑު، އެމަރޖެންސީރޫމް ފަދަ ތަންތަނުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ކަންކަމުގައި ނަރުހުންނަށް އެހީތެރިވުން.

13. ޞިއްހީމަރުކަޒުގައި ދޮވުމަށް ބޭނުންކުރާ ލޯންޑަރީއާއި މެޝިން ސާފުކޮށް ބެލެހެއްޓުމާއި، މެޝިނަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެކަން އެންގުން.

14. ދޮވެއިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހަފުތާގައި ކަނޑައެޅިފައިވާ ދުވަހު ސްޓޮކުން ނެގުމާއި ބޭނުންކުރުމުގައި ވީވަރަކުން އިގުޠިޞާދުކުރުން.

15. ޞިއްޙީމަރުކަޒުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، ޓިޝޫ ހުސްވެފައި ހުރިނަމަ ޓިޝޫ ބެހެއްޓުން އަދި ޞިއްޙީމަރުކަޒުގެ އެކި އޭރިޔާތަކުގައި ސްޓެރީލިއަމް ފުޅި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅި ހުސްވެފައި ހުރިތޯބަލާ ޗެކުކޮށް ހުސްވުމުން ފުޅި ބަދަލުކުރުން.

16. ތަކެތި އުފުލުމާއި ބަނދަރަށް ގެންދަންޖެހޭ ތަކެއްޗާއި ބަނދަރުން އަދި ފިހާރަތަކުން ގަންނަ ތަކެތި ގެނައުމާއި ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.

17. ޞިއްހީމަރުކަޒުގައި ހުންނަ ގުދަންތަކާއި، ޞިއްޙީމަރުކަޒުގެ ބޭނުމަށް ކުއްޔަށްހިފާފައިވާ ގުދަންތައް ސްޓޯކީޕަރުންގެ އިރުޝާދުގެ ދަށުން ކުނިކަހާ، މޮޕްކުރުމާއި ހަރުތައް ސާފުކުރުން.

18. ޞިއްޙީމަރުކަޒުގެ ބޭނުމަށް ބޭންކަށް ދާންޖެހޭ ހާލަތްތަކުގައި ބޭންކަށް ދިއުމާއި، ޞިއްހީމަރުކަޒުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް، ދައުވަތުތައް އެފަރާތްތަކަށް ރައްދުކުރުމާއި، މުވައްޒަފުންނަށް ބައްދަލުވުންތަކަށް ކިޔުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވުން.

19. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

20. ޞިއްޙީމަރުކަޒުން އަންގާ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި، އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުތުތައް

1. ލިޔަން ކިޔަން އެނގުން.

   ނުވަތަ

2. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަގާމުގެ ތައުލީމީ ރޮނގުތައް:

_

މަގާމާގުޅޭ ވަޒީފާގެ ދާއިރާތައް:

-         ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

-         އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށައަޅަންޖެހޭ ލިޔުންތައް

1 ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249 އަދި ހއ. ކެލާ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑް ހުށައެޅެން ނެތްނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5 ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަޑަށްފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުއްފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިންވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv ) އިން ފެންނަ ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި، ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓުމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރަންސް ޗެކް ފޯމް"   

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުމުން

50%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

މިމަޤާމަށް އަންޔަން ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2026ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ހއ ކެލާ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއުއާއި ޕުރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ޖުލައި 2026 އާއި  31 ޖުލައި 2026 އާއި ދެމެދު ހއ ކެލާ ސިއްހީމަރުކަޒުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (2A ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500047 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް >  "ރެކްރޫޓްމެންޓް އުޞޫލު" ( https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ

 

 

30 ޖޫން 2026
ހޯދާ