މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

 ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން

 އެމްއެމްއޭ ރިސަރޗް / ސެންޓަރ ފޮރ ސެންޓްރަލް ބޭންކިންގ ރިސަރޗް

ބޭނުންވާ ޢަދަދު:

 01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

  • 02 (ދޭއް) އަހަރު

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން:
  1. ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް ހުރުން.
  2. ދިރާސާކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއި، މެކްރޯ އިކޮނޮމިކްސްގެ ސިޔާސަތުތަކާ ގުޅޭ ދިރާސާތަކަށް ޝައުޤުވެރިކަން ހުރުން.
  3. މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހެދުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  4. މައިކްރޮސޮފްޓް ޕެކޭޖަސް، އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ތަކަށް އަހުލުވެރިވުމާއިއެކު އާރު ސްޓޫޑިއޯގެ ތަޖުރިބާ ލިބިފައިވުން.
  5. އިނގިރޭސި އަދި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖޭގެ އިޤްތިޞާދާއި ބައިނަލްއަޤްވާމީ އިޤްތިޞާދަށް އަންނަ ބަދަލުތައް އެނަލައިޒްކޮށް މޮނިޓަރކޮށް އެމްއެމްއޭ އިން ތައްޔާރުކުރާ ޕަބްލިކޭޝަންތަކަށް އާރޓިކަލްތަކާއި ކަރުދާސްތައް ތައްޔާރުކުން.
  • އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއާރޓަލީ އިކޮނޮމިކް ބްލެޓިންގ ފަދަ ރިޕޯޓްތަކާއި ރިސަރޗް ޕޭޕަރތަކުގެ އިގްތިޞާދާ ގުޅޭ ބައިތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • އިގްތިޞާދީ ދާއިރާއާގުޅޭގޮތުން އެމްއެއްއޭއިން ތައްޔާރުކުރާ މަޖައްލާއާއި ރިސަރޗް ކަރުދާސްތައް ތައްޔާރުކުރުމާއި އެ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • އިޤްތިޞާދީ އަދި މާލީ މުހިންމު ދާއިރާތައް ދިރާސާކޮށް އެކަމާގުޅޭ ރިސަރޗް ކަރުދާސްތައް ތައްޔާރުކުން.
  • އިގްތިޞާދީ އަދި މާލީ ކަންކަންމާގުޅޭ ސެމިނަރ، ވަރކްޝޮޕް، ކޮންފަރެންސް އަދި އެވެއަރނަސް ސެޝަންތައް ހިންގުމުގައި އެހީތެރިވެދީ، އެކަންކަންކަމާގުޅޭ ލިޔުންތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.

މުސާރަޔާއި އިނާޔަތްތައް

 20,500.00 – 22,300.00 ރުފިޔާ

މަޤާމް

 އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން

 އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު

 01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އޭސީސީއޭ ނުވަތަ ސީޕީއޭ ނުވަތަ ސީމާ ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ތިރީގައިވާ ކަންކަން ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެ:
  1. އެކައުންޓިން ދާއިރާއިން ޑަބަލް ޑިގްރީ ޙާސިލްކޮށް ކޯހުގެ ސެކަންޑް މޭޖަރ އިކޮނޮމިކްސް، ބޭންކިން އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއިން ހާސިލްކޮށްފައިވުން.
  2. އިންޓަރނަލް އޮޑިޓް، އައިޓީ އަދި އައިޓީ އޮޑިޓިންގެ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  3. އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓްގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް ހޮވޭ ފަރާތުން އައިޓީ އޮޑިޓިން އަދި އައިޓީ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޓަރނަލް އޮޑިޓްގެ ޕްލޭންއާ އެއްގޮތަށް އޮޑިޓްތައް ހިންގުމާއި އޮތޯރިޓީގެ ކޮންލަސްޓެންސީ އެންގޭޖްމަންޓްތައް ހެދުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް        

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

 އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

 ޕޭމަންޓް ސިސްޓަމްސް ސެކްޝަން / ކޭޝް އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

 01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ކޮމްޕިއުޓަރ ސައިންސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން.

ވަޒީފާ ހަމަޖެއްސުމުގައި، އައިޓީ އެޑްމިނިސްޓްރޭޝަން ނުވަތަ ޑޭޓާ އެނަލިޓިކަލް ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭއިން އޮޕަރޭޓް ކުރަމުންދާ ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތުގައި އެހީތެރިވުން.
  • ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި އެހީތެރިވުން.
  • ޕޭމަންޓް ސިސްޓަމްތަކާ ގުޅުންހުރި ޑޭޓާތަކުގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި އެނަލައިޒް ކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

 06 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

29 ޖޫން 2026
ހޯދާ