އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްގެ ވެހިކަލްތަކަށް ޓަޔަރު ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްގެ ވެހިކަލްތަކަށް ޓަޔަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2026 ޖުލައި 08 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2026 ޖުލައި 08 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

29 ޖޫން 2026
ހޯދާ