އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ ޗިލަރ ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ: 137-IU/PR/2026/91

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-35

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ ޗިލަރ ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

 

އައި.ޖީ.އެމް. ހޮސްޕިޓަލަށް ބޭނުންވާ ޗިލަރ ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ސަޕްލައިކުރުމަށް ބޭނުންވާ ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓް މިއިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • އަގު ހުށަހަޅާއިރު 1 އަހަރު ދުވަހަށް ޗިލަރ އަދި ޗިލަރ އާއި ގުޅިފައިވާ ސިސްޓަމްތައް ބެލެހެއްޓުމަށް ޕްރޮޕޯސަލްއަކާއި އެކު ވަކިން އަގު ހުށަހަޅަންވާނެއެވެ.
  • އިންސްޕެކްޝަން ހެދުމާއި ސައިޓް ބަލައި މިހާރު ހުރި ސިސްޓަމްތަކަކީ ކޮމްޕެޓިބަލް ސިސްޓަމްތަކެއްތޯ ޗެކްކޮށް އަދި ޗިލަރ ބަހައްޓަން ކަނޑައަޅާފައިވާ ސަރަހައްދަށް ޗިލަރ ގެންދެވޭނެކަން ޔަޤީން ކުރުމަކީ ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ޗިލަރ އަދި ޗިލަރ އާއި ގުޅިފައިވާ ސިސްޓަމްތައް މޮނީޓަރ ކުރެވޭނެ އަގު ޖުމްލަ ޕްރޮޖެޓުގެ އަގުގެ ތެރޭގައި ހިމަނަންވާނެއެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަށް ވޮރެންޓީއެއް ދޭންވާނެއެވެ.
  •  އޮޕްޝަން/އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ  ގިނަވެގެން  02 އޮޕްޝަން / އޮފަރ އެވެ.  
  • އައިޖީއެމް ހޮސްޕިޓަލްއަށް ސަޕްލައިކުރާ މުދަލަކީ އަސްލު (އޮރިޖިނަލް) އައިޓަމްކަން އެނގޭނެ މެނުފެކްޗަރގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  • ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
  • މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް  
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މެޝިނަރީ / އިކްއިޕްމަންޓް ފަދަ ތަކެތި ސަޕްލައިކުރުމުގެ މަސައްކަތްތައް ނިންމާފައިވާކަމުގެ މަދުވެގެން 1 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ނުވަތަ މިމަސައްކަތް ކުރާ ފަރާތަކީ ޗިލަރުގެ މެނެފެކްޗަރަ މިޕްރޮޖެކްޓަށް ސަޕޯޓްދެވޭނެކަމުގެ ލިޔުން ހުށަހެޅުން 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު


#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

70

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

2

މުއްދަތު

30

އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

އައި.ޖީ.އެމް.ހޮސްޕިޓަލަށް ބޭނުންވާ ޗިލަރ ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 09 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

   2.މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

29 ޖޫން 2026
ހޯދާ