ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ ހަތަރު ޓަނުގެ 1 ސިވޭޖް ސަކްޝަން އެންޑް ވޯޓަރ ޖެޓިންގ ޓްރަކް ގަތުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2026/080

އިޢުލާން

މި ކުންފުންޏަށް ބޭނުންވާހަތަރު ޓަނުގެ 1 ސިވޭޖް ސަކްޝަން އެންޑް ވޯޓަރ ޖެޓިންގ ޓްރަކް ގަތުމާއި ގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ހަތަރު ޓަނުގެ 01  ސިވޭޖް ސަކްޝަން އެންޑް ވޯޓަރ ޖެޓިންގ ޓްރަކް ގަތުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2026/059 އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިވާނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

29 ޖޫން އިން 07 ޖުލައި 2026

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

06 ޖުލައި  2026 

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

08 ޖުލައި 2026

13:00 މެންދުރު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.  

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

29 ޖޫން 2026
ހޯދާ