މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތުލުސްދޫ ފުޓަސަލް ދަނޑާއި ވޮލީ ކޯޓުގައި ލައިޓް ޕޯސްޓް ލައިޓްތަކާއެކު ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ 1 ވަނަ އެމެންޑްމަންޓް

އިޢުލާން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުޓްސަލް ދަނޑުގައި ލައިޓް ޕޯސްޓް ލައިޓްތަކާއެކު ޑިޒައިންކޮށްދީ ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2026/48 އިޢުލާނާއި ގުޅިގެން އާންމުކުރި މަޢުލޫމާތު ކަރުދާހުގެ 5 ވަނަ ނަންބަރ ގައިވާ ބީލަމާ ގުޅެގޮތުން ދެވޭ މަޢުލޫމާތުގެ 7 ވަނަ ނަންބަރ އިސްލާހުކުރެވިފައިވާތީ، ބަދަލު ގެނެސްފައިވާ މަޢުލޫމާތު ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

5

ބީލަމާ ބެހޭގޮތުން ދެވޭ މަޢުލޫމާތު

މިބީލަމާގުޅިގެން ކުރަންޖެހޭ މަސައްކަތް.

ބީލަމާއެކު ޑިޒައިން ހުށަހަޅާއިރު މިކޮންސެޕްޓްގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ލައިޓްޕޯސްޓް ހަދަންވާނީ ލައިޓް ބަދަލުކުރަން ކުރަންޖެހިއްގެ ހާލަތެއްގައި ލައިޓް ޕޯސްޓަށް ފަސޭހައިން އަރާ ފޭބޭނެ ގޮތަށެވެ.
  2. ލައިޓް ޕޯސްޓްގެ ޑިޒައިން ތައްޔާރު ކުރަންވާނީ މިއާއެކު އެޓޭޗްކޮށްފައިވާ ޖަދުވަލު 1 ގައިވާ ކޮންސެޕްޓާއެއްގޮތަށެވެ.
  3. ފުޓްސަލް ދަނޑުގެ ބޭރުގެ ހަތަރު ކަނުގައި 4 ލައިޓް ޕޯސްޓެއް ހަދަންވާނެއެވެ.
  4. ވޮލީކޯޓް ބޭރުގައި ކޯޓުގެ މެދަށްވާގޮތަށް ކޮންމެ ފަޅިއެއްގައި 2 ލައިޓް ޕޯސްޓް ހަދަންވާނެއެވެ.
  5. ފުޓްސަލް ދަނޑުގެ ޕޯސްޓްތައް ހުންނަންވާނީ 30 ފޫޓް ދިގުމިނުގައެވެ. އަދި 5 ފޫޓް މައްޗަށް އުސްކޮށް ތިރިކޮށް ހެދޭ ގޮތަށް ހުންނަންވާއެވެ. (މިބައިހިމެނުމުން ލައިޓް ޕޯސްޓްގެ ދިގުމިން ވާން ޖެހޭނީ 35 ފޫޓެވެ.)
  6. ވޮލީކޯޓްގެ ލައިޓް ޕޯސްޓް ހުންނަންވާނީ 35 ފޫޓް ދިގުމިނުގައެވެ.
  7. ފުޓްސަލް ދަނޑުގައި ބަހައްޓާ ކޮންމެ ޕޯސްޓެއްގައި 1000Wގެ 4 ލައިޓް (ހުދުއަލީގެ) ހަރުކުރަންވާނެއެވެ. (ޖުމްލަ 12 ލައިޓް)
  8. ވޮލީކޯޓްގައި ބަހައްޓާ ކޮންމެ ޕޯސްޓެއްގައި 600Wގެ 4 ލައިޓް (ހުދުއަލީގެ) ހަރުކުރަންވާނެއެވެ.  (ޖުމްލަ 16 ލައިޓް)

މިކޮންސެޕްޓް އިތުރަށް ޑިވެލޮޕްކޮށް ޑިޒައިންކުރުމަކީ އެދެވޭކަމެކެވެ. މިގޮތުން މާރކްސް ދިނުމުގައި ހުށަހަޅާފައިވާ ޑިޒައިނަށް ރިއާޔަތްކުރެވޭނެއެވެ. އަދި ހުށަހަޅާ ކުރެހުންތަކުގައި ލައިޓް ޕޯސްޓްގެ ޑިޒައިން، ބޭނުންކުރާ މެޓީރިއަލްސް، މިންތައް އަދި އެހެނިހެން މައުލޫމާތު ހިމަނަންވާނެއެވެ.

 

29 ޖޫން 2026
ހޯދާ