ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ގަނޑުވަރު ފުރާޅު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އުތީމު ގަނޑުވަރު ފުރާޅު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއެކު މައުލޫމާތު ޝީޓާއި، ބިޑު ރަޖިސްޓްރޭޝަން ފޯމް ގެޒެޓްކުރެވިފައި ވާނެއެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، ބިޑު ރަޖިސްޓާރ ކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމާއިބެހޭ އެންމެހައި ލިޔެކިއުންތައް ހިއްސާކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުން އޮންނާނީ 16 ޖުލައި 2026  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާ އާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (މާލެ) ގައެވެ.  

 ތިރީގައިވާ ލިޔުންތަކަކީ ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް:

-          ބީލަން ފޯމް

-          އެސްޓިމޭޓް        

-           ޕްރޮފައިލް

-          ކުންފުނީގެ ރަޖިސްޓްރީ

-          ޖީ.އެސް.ޓީ ރަޖިސްޓްރީ

-          ޓެކްސް ކްލިއަރަންސް

-          އެސް.އެމް.އީ ރަޖިސްޓްރީ

-          ޖުމުލަ އަގު 500,000.00 ( ފަސްލައްކަ ރުފިޔާ ) އައްވުރެ މަތިވާނަމަ ޖުމުލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖޫން 2026
ހޯދާ