މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫ ޚާއްސް އެހީއަށް ބޭނުންވާ މަރުކަޒުގެ ލޯންޑްރީ ރޫމް އަށް ބޭނުންވާ އޮޓޮމެޓިކް ވޮށަރ އަދި އޮޓޮމެޓިކް ޑްރަޔަރ ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

            

                   ކ.ގުރައިދޫ ޚާއްސް އެހީއަށް ބޭނުންވާ މަރުކަޒުގެ ލޯންޑްރީ ރޫމް އަށް ބޭނުންވާ އޮޓޮމެޓިކް ވޮށަރ އަދި އޮޓޮމެޓިކް ޑްރަޔަރ ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 8 ޖުލައި ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 200 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-       އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-       މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން/ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-       ރަޖިސްޓްރީ ނަމްބަރު

-       އީމެއިލް އެޑްރެސް

-       ގުޅޭނެ މޯބައިލް ނަމްބަރު

-       ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކި ކަމުގެ ރަސީދު (ޓްރާނސްފަރ ސްލިޕް)

                  ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ، 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 8 ޖުލައި ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ޖޫން 2026

29 ޖޫން 2026
ހޯދާ