މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވޭތޯ ބެލުމަށް

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއިން ކުއްޔަށްދޫކޮށްފައިވާ ނ. ރާފުށި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް އެރަށާއި ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މި ވުޒާރާއަށް ލިޔުމަކުން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާނުކުރީމެވެ.

29 ޖޫން 2026
ހޯދާ