އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސްޓިމޭޓް އުސޫލުން 3 މަސް ދުވަހަށް، ހިމަންދޫ ގެތަކުގެ ބަދިގެ ކުނި އަދި އެހެނިހެން ކުނި، ނައްތާލާނެ ބަޔަކު ހޯދުމާއި ގުޅޭ

ތަފްސީލް

ހިމަންދޫ ގެތަކުން އުފެދޭ ބަދިގެ (ކުނިވާ ކުނި) ކުނި އަދި އެހެނިހެން ކުނި ނަގައި ނައްތާލުމުގެ މަސައްކަތް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ސީޓާއި އެއްގޮތައް މަސައްކަތް އެސްޓިމޭޓް އުޞޫލުން 3 މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތައް ބިޑު ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ދެންނެވީމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ގޮތައް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު މިއިދާރާގެ [email protected] އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.       

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  1  ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 7 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                  14 މުޙައްރަމް 1448ހ

                                                   29 ޖޫން 2026މ.

29 ޖޫން 2026
ހޯދާ