ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

        

އިޢުލާނު 

މަޤާމު:

 ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-424379  

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

 _

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

މުސާރަ:

 9845.00ރ

މަޤާމުގެ އެލަވަންސް:

 4595.00ރ

ހާޒިރީ އެލަވަންސް:

 125.00ރ (ހާޒިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ގޯތީގެ ރަޖިސްޓަރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އާއި ބިމުގެ ރަޖިސްޓަރީ ހަދައިދިނުން.
  4. ބިމާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޟްނުވާ ގޮތުގެ މަތިން ރަށުގެ ބިން ދޫކުރުމުގެ މަސައްކަތް ކުރުން.
  5. މަގާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަން ބަންދުކުރުމާއި ހުޅުވުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  6. ރަށުގެ މަގުތަކާއި ބަނދަރާއި ކުނިގޮނޑުގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލާ ކަމާބެހޭ މަޢުލޫމާތު ރެކޯޑްކޮށް ކައުންސިލަށް ހުށަހަޅާ ރިޕޯޓް ތައްޔާރުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  7. މިސްކިތްތައް ބެލެހެއްޓުމާއި އަދި ރަށުގައި މީހުން ދިރިއުޅޭ ގޯތިތަކާއި، މީހުން ދިރި ނޫޅޭ ގޯތިތަކުގެ ރެކޯޑް ބެލެހެއްޓުން.
  8. ރަށުގެ މަގުތައް މަރާމާތުކުރުމާއި ބެހޭ އެންމެހާ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  9. ރަށުގެ ބަނދަރުތަކާބެހޭ އެންމެހާ މަސައްކަތް ބެލެހެއްޓުން.
  10. ކައުންސިލުން ނިންމާގޮތެއްގެ މަތިން ޒިންމާދާރު ވެރިޔާގެ އިރުޝާދާއި އެއްގޮތަށް ކުނިނައްތާލުމާބެހޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  11. މަގުމަތި ސާފުކޮށް ބެލެހެއްޓުމަސް ކުރަންޖެހޭ އެއްމެހާ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  12. ހިނގާބިނގާވެ އުޅުމާއި، އިންޖީނުލީ އުޅަނދާއި އިންޖކީނު ނާޅާ އުޅަނދު ފަހަރު ދުއްވުމާއި، އެތަކެތި ޕާކް ކުރުމުގައި މަގު ބޭނުންކުރާގޮތާއި، ދިމާވާ މައްސަލަތައް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުމަށް މަސައްކަތް ކުރުން.
  13. ކައުންސިލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  14. ފެނާއި ނަރުދަމާގެ ނިޒާމް ފަދަ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  15. ގަބުރުސްތާނުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  16. ކަށުކަމާކެމީގެ ކަންތައްތައް އިންތިޒާމް ކުރުމާއި ކަށުކަމާކެމީގެ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލުކޮށްފައިވުން.  

 މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 1. އެކައުންޓިންގ 2. އެޑްމިނިސްޓްރޭޝަން 3. އެގްރިކަލްޗަރަލް ސައިންސް  4. އެންތްރޯޕޮލޮޖީ 5. އާކިޓެކްޗަރ

 6. ބިޒްނަސް  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން  8. ބިޒްނަސް މެނޭޖްމަންޓް  9. ސިވިލް އިންޖިނިއަރިންގ

 10. ކޮމާރސް  11. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  12. ކޮމްޕިއުޓަރ ސައިންސް  13. ކައުންސިލް  އެޑްމިނިސްޓްރޭޝަން 14. ކަލްޗަރ އެންޑް ހެރިޓޭޖް  15. ޑިމޮގްރަފީ  16. ޑިވެލޮޕްމަންޓް ސްޓަޑީޒް  17. ދިވެހި ލެންގްއޭޖް

 18. އިކޮނޮމިކްސް  19. އެޑިއުކޭޝަން  20. އެންވަޔަރަންމަންޓަލް ސައިންސް  21. ފައިނޭންސް  22. ގަވަރނަންސް

 23. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  24. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  25. ހިއުމަން ރިސޯސް

 26. އިންފޮމޭޝަން ޓެކްނޮލޮޖީ  27. އިންޓަނޭޝަނަލް ރިލޭޝަންސް  28. ލޯ  29. ލީޑަރޝިޕް

 30. ލައިބްރަރީ ސައިންސް  31. ލޯކަލް ގަވަރނަންސް  32. މެނޭޖްމަންޓް  33. މެރީން ސައިންސް  34. މާކެޓިންގ

 35. އޮފީސް އެޑްމިނިސްޓްރޭޝަން  36. ޕޮލިސީ ސްޓަޑީޒް  37. ޕޮލިޓިކަލް ސައިންސް  38. ޕްރޮޖެކްޓް މެނޭޖްމަންޓް

 39. ޕަބްލިކް އެޑްމިނިސްޓްރޭޝަން  40. ޕަބްލިކް މެނޭޖްމަންޓް  41. ޕަބްލިކް ޕޮލިސީ  42. ޕަބްލިކް ރިލޭޝަންސް

 43. ރިލިޖަސް ސަރވިސަސް  44. ޝަރީޢާ އެންޑް ލޯ  45. ސޯޝަލް ސައިންސް  46. ސޯޝަލް ވޯރކް

 47. ސޯޝިއޮލޮޖީ  48. ސްޕޯޓްސް މެނޭޖްމަންޓް  49. ސްޓެޓިސްޓިކްސް  50. ސްޓްރަކްޗަރަލް އިންޖިނިއަރިންގ

 51. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  52. އަރބަން ޕްލޭނިންގ  53. އާބަން ސްޓަޑީޒް

 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް.

 1- އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން  ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަގާމުގެ ކްރައިޓީރިއާ 

 އަސާސީ ޝަރުޠު ހަމަވުން 

30

 އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 

5

 އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) 

20

އިންޓަރވިއު 

35

 

 

 

 

 

 

 

 

 

 މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ،  14 ޖުލައި 2026 އާއި 21 ޖުލައި 2026 އާ ދެމެދު، ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ  ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  

29 ޖޫން 2026
ހޯދާ