މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މަދަޙަ މުބާރާތް 2026

ރައްޔިތުންގެ މެދުގައި ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖައްސާ މަދަޙަ ކިޔުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރު ކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2026 ވަނަ އަހަރުގެ އޮގަސްޓް  މަހުގެ ތެރޭގައި  ހުރިހާ ޢުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ. ލިޔުމުން ހުށަހަޅާ ފޯމްތަށް ބަލައިގަތުން އޮންނާނީ 01 ޖުލައި 2026 ވާ ބުދަ ދުވަހުން ފެށިގެން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 އަށެވެ. ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރާނީ[email protected]  އަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

 

          ފޯމް ލިންކު: https://forms.gle/rJTmzSFkJQD99RbSA

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

28 ޖޫން 2026
ހޯދާ