މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2026" 16 އަހަރުން ދަށުގެ މުބާރާތުގެ މެޗުތައް ލައިވްކޮށްދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2026" 16 އަހަރުން ދަށުގެ މުބާރާތުގައި ކުޅެވޭ މެޗުތައް ލައިވްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް 2026 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. ހުށައަޅާ ކޯޓޭޝަން ކެނޑުން އޮންނާނީ އަގު ހުށައަޅާ  ފަރާތްތަކުގެ އެއް ހާޟިރުގައެވެ.

-         "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2026" 16 އަހަރުން ދަށުގެ މުބާރާތުގެ މެޗުތައް ލައިވްކޮށްދޭން ބޭނުންވާ ފަރާތްތަކަށް ދެވޭ ކޯޓޭޝަން ހުށައެޅުމުގެ އިރުޝާދު މި އިއުލާނާއެކު ހިއްސާ ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.

28 ޖޫން 2026
ހޯދާ