ދިވެހިރާއްޖެ
ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީ މުބާރާތް 2026ގަ ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމަށް ގޮޅި ދޫކުރުމާ ގުޅޭ!
ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް 2026 ކުރިޔަށްދާ ވަގުތު އެސަރަހައްދުގައި ކެންޓީންގެ ހިދުމަތް ދިނުމަށް އެދި ކުރި ނަންބަރު: (IUL)260-ESMS/260/2026/46 އިއުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅާފާވަނީ އެންމެ ފަރާތަކުންކަމަށްވާތީ، ވާދަވެރިކަން އިތުރުކުރުމަށްޓަކައި ބާކީ 3 ގޮޅިއަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ. ކެންޓީން ހެދުމަށް ގޮޅިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 20 ފޫޓް 15 ފޫޓް ގެ ޖާގައެކެވެ. މުޅި މުބާރާތަށް، ކެންޓީން ހެދުމަށް ކޮންމެ ގޮޅިއަކަށް އެންމެ ކުޑަވެގެން ލެވޭނެ އަގަކީ 1500/-ރ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 އަށް މިކަމަށް އިދާރާއަށް ދުރުވެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. ހުށަހަޅާ އަގުތަށް ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2026 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި މިއިދާރާގައެވެ.
ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެރުވޭ ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދާއި ބީލަން ހުށަހަޅާ ފޯމު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
