މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކަރަންޓް މީޓަރު ބަދަލުކުރުމާއި ތްރީ ފޭސް ކަރަންޓް އެޅުމުގެ މަސައްކަތް

 
 

    

 

 

 

 

 

 

 

 

 

 

 

 

 

 

ނަންބަރު: 565-A/2026/5

 

އިޢުލާން

ކަރަންޓް މީޓަރު ބަދަލުކުރުމާއި ތްރީ ފޭސް ކަރަންޓް އެޅުމުގެ މަސައްކަތް:

މިކޯޓުގެ ކަރަންޓު މީޓަރު ބަދަލުކުރުމާއި ތްރީ ފޭސް ކަރަންޓް އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް ރަޖިސްޓްރީކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް/ ދުވަސް

ސުންގަޑި

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން

07 ޖުލައި 2026 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

19 ޖުލައި  2026 (އާދީއްތަ)

13:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މިކޯޓުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7369195 މޯބައިލް ނަމްބަރަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މުހައްރަމް    1448

28  ޖޫން      2025

 

                                                އަޙްމަދު ޢަލީ

                                                 ކޯޓް އެޑްމިނިސްޓްރޭޓަރ

 

 

 

28 ޖޫން 2026
ހޯދާ