ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތ.ވިލުފުށީ ޒިޔާރަތް މިސްކިތުގެ ސީލިންގ ކުރުމަށާއި މަރާމާތަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)383-MS&IM/383/2026/45 އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުގެނައުމަށް ނިންމާފައިވާތީ، ބީލަންތަށް ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް  މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖުލައި 6 ވަނަ ދުވަހު 13:30 ގައި ވިލުފުށީ ކައުންސިލްގެ އިދާރާގައެވެ.

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޖޫން 2026
ހޯދާ