މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހުރި ވެލިފުނިތަކުން ވެލި ދޫކުރުމާގުޅޭ

           މިރަށުގެ ބަނދަރުގައި ޖަހާފައިވާ ވެލިފުނިންތަކުން ވެލި ބޭނުންވެގެން އެކި ފަރާތްތަކުން އެދެމުންދާތީ، އެ ވެލިފުނިންތަކުން ވެލި ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަންނަނިވި ބޭނުންތަކަށެވެ.

  • ގޯތި ތެރެއާއި މަގުތަކަށް އެޅުމަށް.
  • ޢިމާރާތްތަކުގެ ތަޅުންއެޅުމުގެ ކުރިން ބިންގަނޑު ލެވެލްކުރުމަށް.

           ވީމާ، ވެލި ގެންދަން ބޭނުންވާ ފަރާތްތަކުން، ވެލި ގެންދިއުމުގެ ކުރިން މި އިދާރާއަށް އަންގައި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ވެލި ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ދަންނަވަމެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2026
ހޯދާ