ދިވެހިރާއްޖެ
ކުނިކޮށި އަދި ޤަބުރަސްތާނު ސާފުކޮށް ބެލެހެއްޓުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމާއި އަދި ޤަބުރަސްތާނު ސަރަހައްދު ކޮންޓްރެކްޓް އުޞޫލުން ކުނިކަހައި ވިނަނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭ އަގު ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- 1. މަޢުލޫމާތު ސާފުކުރުން
މަޢުލޫމާތު ސާފުކުރުން އޮންނާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފީވަކު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި، އަންދާސީ ހިސާބު ހުށަހެޅޭނީ މި ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- 2. އަންދާސީ ހިސާބު ހުށަހެޅުން
02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އިން ފެށިގެން، 07 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. މި އިޢްލާނާއި ގުޅިގެން ހުށައަޅާ އަންދާސީ ހިސާބުތަށް އީމެއިލް [email protected] ގެ ޒަރިއްޔާއިން ވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.
