|
އިޢުލާނު
|
|
މަޤާމު:
|
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-451857
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް – 7
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް، ކ. ހުޅުލެ
|
|
މުސާރަ:
|
9845.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
4595.00 ރުފިޔާ
|
|
ހާޒިރީ ޢިނާޔަތް:
|
ހާޒިރުވާ ކޮންމެ ދުވަހަކަށް 125.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތައް:
|
- ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށޭއިރު، ކޮމާންޑަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ސެކްޝަން / ޔުނިޓް ތަކުން ހޯދައި، ވެރިއެއްގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކުރުމަށްފަހު ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
- ސެކްޝަން / ޔުނިޓްތަކުން ތަކެއްޗާއި ޚިދުމަތަށް އެދި ހުށަހަޅާ ފޯމް ފޮނުވުމުން ތަންތަނުން ކޯޓޭޝަން ހޯދައި 2000 ރުފިޔާއަށް ވުރެ މަދުނަމަ ތަކެތި ހޯދުމަށް، ޕެޓީ ކޭޝްއަށް ރިކުއެސްޓްކޮށް، ޖެހިގެންއަންނަ ދުވަހު ތަކެތި ހޯދުން އަދި އިންވޮއިސް މެއިންޓޭން ކުރުން.
- ތަކެތީގެ އަގު 35،000.00 ރުފިޔާއަށް ވުރެ ދަށްނަމަ 3 ކޯޓޭޝަން ހޯދައިގެން، ވެރިއެއްގެ ލަފާގެ މަތިން ކޮމާންޑަށް ފައިދާ ހުރި ގޮތަކަށް ތަކެތި ގެނައުމުގެ މަސައްކަތް ރިކުއެސްޓް ފޯމް އެޕްރޫވްވާތާ 14 ދުވަހުގެ ތެރޭގައި ކުރިއަށްގެންގޮސް ނިންމާލުން.
- ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ގުޑްސް އެންޑް ސަރވިސަސް ފޯމްތަށް އެންޓަރކުރުމާއި އަދި އެސް.އޭ.ޕީ ސިސްޓަމް މެދުވެރިކޮށް ޕާރޗޭސް އޯޑަރ (ޕީ.އޯ) ހެދުމާއި އެސެޓް ކްރިއޭޓް ކުރުމަށް ރިކުއެސްޓް ކުރުން.
- ކޮމާންޑަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި 35،000.00 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ވެރިއެއްގެ ލަފާގެ މަތިން އިޢުލާން ކުރުމުގެ ހުއްދަ ނެގުމަށްފަހު މަޢުލޫމާތު ޝީޓު އެޕްރޫވްކޮށް އިޢުލާން ގެޒެޓް ކުރުން.
- މާލިއްޔަތު ޤަވައިދުފައިވާ ގޮތުގެ މަތިން ޕްރީ ބިޑް މީޓިންގއާއި ބިޑް އޯޕަނިންގގެ މަސައްކަތް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމާއި، ވެރިއެއްގެ ލަފާގެ މަތިން ބިޑްތައް އިވޭލުއޭޓްކޮށް، ބިޑް ކޮމިޓީއަށް ހުށަހަޅައި، ޔައުމިއްޔާ ނޯޓުކޮށް ބެލެހެއްޓުމާއި ހުރިހާ މެމްބަރުން ސޮއިކޮށްފައިވާ ޔައުމިއްޔާތަކުގެ ކޮޕީ މެއިންޓެއިންކުރުމާއި ވެރިއެއްގެ ލަފާގެ މަތިން ބިޑް ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަސައްކަތް ޙަވާލުކުރުމަށް އެގްރީމަންޓް ތައްޔާރުކޮށް ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މަސައްކަތް ކުރިއަށް ދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
- ވެރިއެއްގެ ލަފާގެ މަތިން ޕްރޮކިއުމަންޓާއި ގުޅިގެން އަންނަ އިންވޮއިސްތަކުގެ ޑޮކިއުމަންޓް ހަމަކޮށް، ފައިސާ ދެއްކުމަށްޓަކައި ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
- ބިޑް މީޓިންގ އަށް ބޭނުންވާ މައުލޫމާތު ހޯދާ ފޯރުކޮށްދިނުން އަދި އޮންނަ މުއްދަތަށް ބިޑްތަކާއި ހަވާލުވެ އޮންނަ އުސޫލުގެ މަތިން އިވެލުއޭޓް ކުރުމަށް ބިޑްކޮމިޓީ އަށް ހުށަހެޅުން.
- ކޮމާންޑަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އަދި ކޮމާންޑުގެ މުދާ މަރާމާތުކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހަމަޖެއްސުން.
- ބައްދަލުވުންތަކާއި ކޮމިޓީތަކަށް މީހުން ހަމަޖެއްސުމުގައި އެހީތެރިވެދީ ދަފްތަރު ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ
|
|
މަޤާމުގެ ތަޢުލީމީ ދާއިރާތައް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ސަޕްލައި ޗެއިން މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕަރޗޭސިންގ
- ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
- ލޯ
- ފައިނޭންސް
- އިކޮނިމިކްސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ކުއަންޓިޓީ ސަރވެއިންގ
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- ބީލަމާބެހޭ މަސައްކަތްތައް، މާލީ ހިސާބު ބެލެހެއްޓުމާބެހޭ މަސައްކަތްތައް، ނުވަތަ ވިޔަފާރީގެ މުޢާމަލާތްތަކުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުޠު ހަމަވުން
|
30%
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5%
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
|
5%
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5%
|
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
%20
|
|
އިންޓަރވިއު
|
35%
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ، 8 ޖުލައި 2026 އާއި 23 ޖުލައި 2026 ދެމެދު، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަރސްގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓް ކުރެވި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013370/ 3013411 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|