ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފުނަދޫކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް އަދި ސަރވިސް ޕޯޓަލް ޑިޒައިންކޮށް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް 2026 ޖޫން 30 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ.
މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.
23 ޖޫން 2026
