ދިވެހިރާއްޖެ
ފެލިދޫ ކައުންސިލް އިދާރާގެ ފާޙާނާގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އިދާރާގެ ފާޙާނާ މަރާމާތުކުރުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
|
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
މަޢުލޫމާތު ދިނުން |
30 ޖޫން 2026 |
އަންގާރާ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
|
ބިޑް ހުށަހެޅުން |
06 ޖުލައި 2026 |
ހޯމަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް ލިބޭނީ ދިހަ ޕަސެންޓެވެ. ތަޖުރިބާއަށް މާކްސް ދެވޭނީ ބިލްޑިން ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
