މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-މި މިނިސްޓްރީއިން ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ގެނެސްފައިވާ މޫދު ކޮށިތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ނެރެގެން ކ. މަނިޔަފުއްޓަށް ގެންގޮސް ބަހައްޓާ ދިނުމުގެ މަސައްކަތް

މި މިނިސްޓްރީއިން ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ގެނެސްފައިވާ މޫދު ކޮށިތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ނެރެގެން ކ. މަނިޔަފުއްޓަށް ގެންގޮސް ބަހައްޓާ ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން(IUL)30-P1/30/2026/67  އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް ( ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން ދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.

25 ޖޫން 2026
ހޯދާ