މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހިންމަފުށީގައި އަލަށް ހިއްކުނު ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ

އިޢުލާން

ކ.ހިންމަފުށީގައި އަލަށް ހިއްކުނު ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ

          މިރަށު ހިއްކި ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތަށް ޗާރޓްގައި ފާހަގަ ކުރެވިފައިވާ 2770 އަކަފޫޓުގެ 4 ގޯތި ވިއްކުމަށް ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިންތައް ގަތުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި، ނުވަތަ މިއިދާރާއަށް ދުރުވެ، 28 ޖޫން 2026 ވަނަ ދުވަހުގެ 10:00 ން ފެށިގެން 16 ޖުލައި 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް  ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިން ގަތުމަށް އެދޭ ބިޑު ފޯމް ވިއްކުން

(ބިން ގަތުމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 10000.00 ރުފިޔާއަށް )

28 ޖޫން 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 16 ޖުލައި 2026 ވާ ބުރާސްފަތި 

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން 

19 ޖުލައި ވާ އާދީއްތަ ދުވަހު

މެންދުރު 11:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

23 ޖުލައި 2026 ވާ ބުރާސްފަތި

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.

   ލިންކް: https://forms.gle/FPCMhECo3csyAE54A

       ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

24 ޖޫން 2026
ހޯދާ